• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަބުރުވެރިކަމުގެ ފަރުދާގައި އަސަރު ހުރި ލޯބި ހޯދާށޭ

Posted by faradays on Tuesday, April 26, 2011 1 comment


ކުށެއް ވެވިދާނެޔޭ،  އެހެނަސް  އެކުށް ތަކުރާރު ނުކުރާށޭ!
    އޮށެއްގައި  ފަނި އުޅޭނަމަ   އިންދުމަށް   އެޚިޔާރު ނުކުރާށޭ! 
        ----------------------------------------

އަލަށް ލޯބީގެ ގުލްޝަނުގާ، ފޮޅޭއިރު ކޮންމެ މަލަކަށްވެސް،

    ވަރަށް ގިނަ ބަޅިނދު މާބުރުދޭ، އެއަށް    އިތުބާރު ނުކުރާށޭ!

އެހެންނަމަވެސް އޮހޭ ލޯބީގެ ހުށަހެޅުމެއްގެ މާބޮނޑިތައް،
    އެހިތް މަރުވާ ގޮތަށް، މޫނަށް ޖަހައި     ބޭޒާރު  ނުކުރާށޭ!

ޙަޔާތުގެ މާނަޔާ މެދުގާ، ޚިޔާލެއް ބުއްދިއެއް  ނުކުރާ،
    އޮޔާދާ ކުނިތަކާ   ހެދިގޮސް،  ޙަޔާާތް   ބޭކާރު  ނުކުރާށޭ!

ދުލާނިޔަތާ ދިމާނުވުމުން، ކަލާއަށް ދޮގު މަކަރު ހެދުމުން،
    މިލާފައިވާ ޒުވާން ހިތަކުން،  އަލުން   އިޤްރާރު   ނުކުރާށޭ!

ވަރަށްރީއްޗޭ، ވަރަށްޗާލޭ، ވަރަށްލޯތްބޭ، ވަރަށްސަޅިޔޭ،
    ވަރަށް ގިނައިން ކިޔާ ދުލަކަށް އަމާޒު    ޤަރާރު  ނުކުރާށޭ!

ހިތަށް ވުރެ އަތް ހަލުއިވަންޏާ، ނިތަށް ބޮސްދޭ ހިތުން ރޮންޏާ،
    ފިތެއް ނެތް ޤާތިލުގެ އެކަނޑިން،   ހިތާ ފިތް ފާރު ނުކުރާށޭ!

ބުނަންހޭ ތިޔަ ގޮތަށް އުށްބައްތި ދިއްލާފައި ބަހައްޓައިގެން،
    މިނަން ޕެޓްރޯލު އޭގެ ވަށައި، ބިރެއްނެތި   ދައުރު  ނުކުރާށޭ!

ޙަޤީޤީ ލޯބި  އީމާނާއި،   ކުލުނުން    ފުރިފައޭ ވާނީ،
    ޙަޤީޤަތް ނޭނގި ފާސިޤަކަށް، ޒުވާން   ހިތް މާރު  ނުކުރާށޭ!

އަބުރުވެރިކަމުގެ ފަރުދާގައި އަސަރުހުރި ލޯބި ހޯދާށޭ!
    ޞަބުރުނެތި ދެދުނިޔޭން، ތިޔަ މާތް ނަފުސު ނާޗާރު ނުކުރާށޭ
          --------------------

1 comments:

asl mihaaru mi site maa isqee vegen miulhenee keehvegenbaa

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments