• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ކަލާގެ ހަނދާން

Posted by faradays on Tuesday, April 26, 2011 No comments



ކަލާގެ ހަނދާންވުމުން، ކަލާގެ ނަން  ހަނދާންވެ އެވެ.
ކަލާގެ ނަން ހަނދާންވުމުން، ކަލާގެ ސޫރަ ހަނދާންވެ އެވެ.
ކަލާގެ ސޫރަ ހަނދާންވުމުން، ކަލާގެ ޚިދުމަތް ހަނދާންވެ އެވެ.
ކަލާގެ ޚިދުމަތް ހަނދާވުމުން، ކަލާގެ ވަފާތެރިކަން ހަނދާންވެ އެވެ.
ކަލާގެ ވާފާތެރިކަން ހަނދާންވުމުން، ކަލާގެ އޯގާވެރިކަން ހަނދާންވެ އެވެ.
ކަލާގެ އޯގާވެރިކަން ހަނދާންވުމުން، ކަލާގެ ކެތްތެރިކަން ހަނދާންވެ އެވެ.
ކަލާގެ ކެތްތެރިކަން ހަނދާންވުމުން، ކަލާގެ ތެދުވެރިކަން ހަނދާންވެ އެވެ.
ކަލާގެ ތެދުވެރިކަން ހަނދާންވުމުން، ކަލާގެ ލޯބި ހަނދާންވެ އެވެ.

ނަމަވެސް.....


ކަލާގެ ލޯބިން،

މި ހިތުގެ ވިންދުތަކަށް ގެނެސް ދިނީ އަވަސްކަމެވެ.
ވިންދުތަކުގެ އަވަސްކަމުން، އިޙްސާސްތަކަށް ގެނެސްދިނީ ނުތަނަވަސްކަމެވެ.
އިޙްސާސްތަކުގެ ނުތަނަ ވަސްކަމުން  އުންމީދުތަކަށް ގެނެސްދިނީ އިތުރުކަމެވެ.
އުންމީދުތައް އިތުރުވުމުން،  ހުވަފެންތަކަށް ގެނެސްދިނީ  މުއްސަނދި ކަމެވެ.
ހުވަފެންތައް މުއްސަނދިވުމުން......... މި ހުރިހާ ޖަޒުބާތެއް  ބިލާހަކަށްވެ ބަނބުރޫޓު ވެއްޖެ އެވެ.

އާނއެކެވެ!

ކަލާގެ ލޯތްބަކީ، އެހެން ހިތެއްގެ އަރާމާއި ގަދަ ނަޞީބެވެ.
ހަނދާންތަކަކީ، މި ހިތުގެ ޢަޒާބާއި، ބަދު ނަޞީބެވެ
.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments