• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މަނަދޫގައި ހުރި 50 އަހަރަށް ވުރެ ދޮށީ ނިކަގަހެއް ކޮޅިގަނޑެއްގައި ވެއްޓިއްޖެ

Posted by faradays on Tuesday, May 31, 2011 No comments



ނ. މަނަދޫގައި މިއަދު ވެއްޓުނު ދުވަސްވީ ނިކަ ގަސް -- ފޮޓޯ ކިޔުންތެރިއެއް


މަނަދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝިފާޒު ވިދާޅުވީ ރަށުގެ މަލަމަތި ދައްކުވައިދޭ ނިކަގަސް ވެއްޓުނީ މިއަދު މެންދުރުގެ ވަގުތު ވައިގަދަވި ވަގުތު ކަމަށެވެ. ކައުންސިލްގެ ނައިބު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.


ޝިފާޒު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ހިމާޔަތްކޮށްފައި ހުރި ނިކަ ގަސް ބަލަހައްޓަމުން ދަނީ ވަތަނިއްޔާ އިން ކަމަށެވެ.


އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިސްކިތާ ވަތަނިއްޔާ އެންޓަނާގެ އިރުމަތީ ފަރާތަށް ވާ ގޮތަށް ހުރި ދެ ނިކަ ގަހުގެ ތެރެއިން ވެއްޓުނީ މިސްކިތާ ކައިރިއަށް ހުރި ނިކަ ގަސް ކަމަށެވެ. އަދި މީގެ ކުރިން އެ ގަހުގައި ވަނީ އަލިފާންރޯކޮށްފައި ކަމަށް ވެސް އެމީހާ ބުންޏެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments