ރައިފާ އަކީ އުމުރުން އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. ރައިފާ ހުންނަ ގޮތުން އެއްވެސް މީހަކަށް އެއީ އަޑު ނުއިވޭ މަންމަން ކުއްޖެއް ކަމެއް ނޭނގޭއެވެ. ހުންނަލެއް އެހާ ލޯތްބެވެ. ރަށްފުށުގައި އުޅެ ބޮޑުވި ކުއްޖަކަށް ވާތީ ތަޢުލީމް ދިނުމަކަށް އޭނާގެ މައިން ބަފައިންނެއް ނޫޅެއެވެ. ރީތި ހެދުމާއި މީރުކެއުން ރައިފާއަށް ދެއެވެ. އެހެން ކުދީންނާ އެއްވަރަށް ލޯބިދެއެވެ. އެހެން ދަރީންނާ ހަމައެކަނި ތަފާތަކީ ކިޔަވައި ނުދޭކަމެވެ. އެގޮތުގައި ބޮޑުވެފައި ހުރި ކުއްޖަކަށް ރައިފާވީތީ ރައިފާގެ ހިތުން ދެރަވެއެވެ.
ގޭތެރޭގެ ގިނަމަސައްކަތް ކުރަނީ ރައިފާއެވެ. ހެނދުނު ނިދާ ހޭލުމަށްފަހު ކުނިކެހުމާއި އެއްޗެތި ދޮވުމާއި އިސްތިރި ކޮށް ގޭގައި ތިބޭ ކުޑަކުދީން ބެލުމަކީ ރައިފާގެ މަސައްކަތެވެ. އެކަންތައް އޭނާ ކުރަނީ ވެސް ކުރާހިތުންނެވެ. ގޭތެރޭގައި ކުރަން ޖެހުނު ކޮންނެ ކަމެއް ފޫހި ކަމެއް ނެތި ކުރިނަމަވެސް ހަވީރު ތިނެއް ޖެހުމާއި އެކު މަސައްކަތް ނިންމާފައި ފެންވަރާ ރީތިވުމަކީ ރައިފާގެ އާދައެކެވެ. އަދި ހަވީރު ހިނގާލަން ނުދެވިއްޖެ ނަމަ ކަންތަކާ ޖެހުނީއެވެ. ހިތް ހަމަ ނުޖެހިގެން ގޭތެރޭގައި ހުންނަ ތަކެތި ހަލާކު ކުރަން ފަށާނެއެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މެންދުރުގެ ހޫނުކަން މަޑުވާން ފެށުމާއި އެކު މީހުން ހިނގާލަން ނުކުންނަން ފަށައިފިއެވެ. އަތިރި މަތީގައި އަދި ޕާކް ތަކުގައި ގިނަ ޢަދަދަކަށް މީހުން ފެނެއެވެ. ރައިފާ ހިނގާލަން ނިކުތީ އެކަނި މާއެކަންޏެވެ. ރައީފާގެ ރައްޓެއްސެއް ވެސް ނެތުމާއި އެކުއެވެ. އެކަނި ހިނގުމަކީ ރައީފާއަށް އާދަވެފައި ހުރި ކަމެކެވެ. އޭނާއަށް ނޭނގޭ ކަމަކީ އެ ހަށިގަނޑަށް ފާރަލަމުން ގެންދާ ބަޔަކު ވާކަމެވެ.
ރައީފާ ހިނގަމުން ދިޔައީ ޕާރކާއި ދިމާއަށް ދާން އޮންނަ ހަނިމަގަކުންނެވެ. އެވަގުތު އެމަގުން އަންނަ ބަޔަކަށް ރައިފާ ފެނުނެވެ. އެމީހުން ރައިފާއާ އަރާހަމަވެފައި ވާހަކަ ދައްކަން ފެށިއެވެ. " ކޮއްކޯ މުދިންބެ ގެ ހުންނަ ތަނެއް ބުނެދީފާނަންތަ؟" ރައިފާއަށް ބަޔަކު އޭނާއާ ވާހަކަ ދައްކާކަން އެނގުނެވެ. އެހެން ނަމަވެސް އެކިޔާ އެއްޗެއް ދޭހަ ނުވާތީ މަންމަން ބަހަކުންވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ހަމަ އެކަނި ރަކި ހިނިތުންވުމެއް ދައްކާލިއެވެ." ރީތި ސިފައެއް ލިބުނަސް ތިހާވަރު ވާކަށް ނުވާނެ" ދެވަނަ ޖުމްލަ ބުނުމުން ވެސް ރައިފާއަށް އެކިޔާ އެއްޗެއް ނޭގުނީތީ ކުޑަކޮށް ދެރަވިއެވެ. އެމީހުންނަކީ އެރަށު ބަޔަކަށް ނުވާތީ ވާހަކަ ދެއްކެނީ މަންމަން ކުއްޖަކާ ކަމެއް ނޭގެއެވެ. އެމީޙުން ދިޔައީ ރައިފާ ބޮޑާ އަންހެން ކުއްޖަކަށް ހަދާފައެވެ.
އެކި ދުވަހު އެކި ކަހަލަ ކުދި ކުދި ކަންތަކާ ދިމާވަމުން އައެވެ. ޕާރކަށް ދިއުމުގެ ބަދަލުގައި އެހެން މަގަކުން ރައިފާ ގެއަށް ދިއުމަށް އަނބުރާލިއެވެ. މޫޑް އޮފްވީއެވެ. ގެއަށް ދިޔަ މަގުމަތީގައި ދެން ދިމާވީ ރަށުން ދެކެ ފަރިތަ ބަޔަކާއި އެވެ. އެމީހުންގެ ބެލުން ހުރި ގޮތުން ރައިފާ ކަންބޮޑުވިއެވެ. " ބަލާބަލަ އެހެރަ އަންނަނީ އެއްކަލަ ރައިފާ މިހާރު ހާދަ ރީއްޗޭ ދޯ" ނާޒިމް ވާހަކަ ދެއްކީ އޭނާގެ ކައިރީގައި ހުރި ނަދީމް އާއިއެވެ. " މަންމަނެއް ނޫންނަމަ އަހަރެން އިންނަން އަހާނަން." ނަދީމްގެ ޚިޔާލު ހުށަހެޅިއެވެ.
" ހާދަ ލޯބި ކޮށޭ އެ ހުންނަނީ. ރައިފާއާ މަޖާކޮށްލަންވީ" ޝާޒުގެ ޚީޔާލު ހުށަހެޅިއެވެ. އެކަމާ އެންމެން އެއްބަސް ވިއެވެ. ރަނގަޅު ދުވަހެއް ބަލާފައި ރައިފާއަށް ގަޑި ކިޔުމަށް ނިންމިއެވެ. ރައިފާ އާއި ދިމާއަށް ބަލާލުމަށްފަހު ނަދީމް މަންމަން ބަހުރަވައިން ތިދަނީ ކޮންތަނަކަށްހޭ އަހާލިއެވެ. " ގެއަށް" ރައިފާ އަތުގެ އިޝާރާތުން ޖަވަބު ދިނެވެ.
އެހެން އަންހެން ކުދީން އުޅޭ ގޮތަށް ރައިފާވެސް އުޅެން ބޭނުންވެއެވެ. އެޢުމުރުގެ ގިނަ ކުދީން ފިރިހެން ކުދީންނާ ވާހަކަ ދައްކާތަން ފެނެއެވެ. ރައީފާގެ ހިތަށް އަރައެވެ. "އަހަންނަށް އަޑު އިވޭނަމަ ކިހާ ރަނގަޅު. އެހެން ކުދީން ކިޔަވަން ދާ ގޮތަށް ސްކޫލަށް ދާން އަހަރެންވެސް ބޭނުން. ގްރޫޕް ހަދައިގެން މަޖާކޮށް އުޅެން ބޭނުން. މަންމަނަކަށް ވުމުން އެތައް ކަމަކުން އަހަރެން މަޙްރޫމް ވެއްޖެ." ޚިޔާލު ތަކުގައި ހުރެގެން ގެއާއި ހަމައަށް އާދެވުނު ގޮތް ވެސް ނޭނގުނެވެ.
ގެއަށް ވަނުމަށް ފަހު ގޯތިތެރޭގައި ހުރި ޖޯލިފަތީގައީގައި އިށީނެވެ. ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ނޫނީ ހިތްހަމަ ޖައްސާލަން ބޭނުންވާ ކޮންމެ ފަހަރަކު ރައިފާ އިށީންނަނީ އެޖޯލި ފަތީގައެވެ. ތާޒާ ވަޔާއި ފިނިކަން އިޙްސާސް ވުމުން ސިނޑިއަށް ތާޒާ ކަން ލިބި މޫޑްވެސް ރަނގަޅު ވިއެވެ. ހައެއްޖެހުމުން ގޭތެރައަށް ވަނެވެ. އޭރު ރައިފާގެ މަންމަ ކުޑަކޮއްކޮ އުރައިގެން އުޅޭތީ ފެނުމުން އޭނާ އުރާލިއެވެ. މަންމަ އާދައިގެ މަތީން އައީ ކޮންތާކުންތޯ އެހުމުން ހިނގާލާފައި ކަމަށް ބުންޏެވެ.
މިއަދަކީ ރައިފާގެ އުފަން ދުވަހެވެ. މަންމަ ރައިފާއަށް ރީތި ހެދުމެއް ދިނެވެ. ރައިފާ އުފަލުން ހީވަނީ އެހެން ކަމެންހެންނެވެ. ބައްތިރީސް ދަތް ދައްކާލިއެވެ. ޝުކުރު ވެރިކަމާއި އެކު ހެދުން އޭނަގެ ކޮލުގައި ޖައްސާލިއެވެ. އެއްޗެއް ކަމުދާނަމަ ކޮލުގައި ޖެއްސުމަކީ ރައިފާގެ އާދައެކެވެ. އަވަހަށް ބަދިގޭގެ މަސައްކަތް ނިންމަން އޭނާ ބޭނުންވިއެވެ. ހަވީރު ނުވެގެން އުޅޭ ކަހަލަ ގޮތަކަށް ބޭރު ބަލަބަލާ ހުއްޓެވެ. ހިތް އަވަސްވެފައި ހުރިނަމަވެސް ރައިފާ ކުރާ ކޮންމެ މަސައްކަތެއް ކުރަނީ ވަރަށް ތަރުތީބުންނެވެ. އެހެންވެ މަންމަ ރައިފާއަށް ވަރަށް އިތުބާރު ކުރެއެވެ. ކޮންމެ މަސައްކަތެއް ޙަވާލު ކުރާއިރު ވެސް ގޭގެ އެހެން ކުދީންނަށް ވުރެ ރައިފާ ކަންތައް ކުރުން ރަނގަޅުކަމަށް ފާހަގަ ކުރެވެއެވެ. މަންމަ ބައެއް ފަހަރު ހިތާހިތުން ބުނެލައެވެ. " އަހަރެންގެ މިދަރިފުޅު ހުރިހާ ހިއްސުތައް ރަނގަޅަށް ހުރި ނަމަ ފިސާރި މޮޅު ކުއްޖަކަށް ވީސް" އެހެން ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެދަރިފުޅު މުޖުތަމަޢުގައި ވަނީ ބޭކާރު ކުއްޖެއްގެ ގޮތުގައެވެ.
ތިނެއް ޖެހުމާއި އެކު ފެންވަރައިގެން ރައިފާ ނިކުތެވެ. ކަޅު ކުލައިގެ މިޑީ ގަޔަށް ހެޔޮވަރު ވެފައި ރީއްޗެވެ. ރައިފާ ހިތްހަމަ ޖެހުމާއި އެކު ރީތިވާން ފެށިއެވެ. މިއަދު އެހެން ދުވަސް ދުވަހާ ޚިލާފަށް ސެންޓް ޖެހިއެވެ. ރަނގަޅަށް ނޭނގުނު ނަމަވެސް މޭކަޕް ކުރިއެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލިއެވެ. އެސިފައިގައި ރައިފާ ފެނުމުން އެއްވެސް މީހަކަށް އެއީ ނުކުޅެދޭ ކއްޖެކޭ ނުބުނާނެއެވެ. ކަޅުކުލައި ރީތި ފައިވާނަކަށް އެރިއެވެ. އެއަށްފަހު މަންމަގެ ކުރިމައްޗަށް ދިޔައެވެ. މަންމަ ރީއްޗޭ ބުނުމުގެ ގޮތުން އަތުން އިޝާރާތެއް ކޮށްލިއެވެ. ރައިފާ އުފަލުންހުރެ ހިނގާލުމަށް ނިކުތެވެ.
ރައިފާ މިއަދު އެތައް މަގަކުން ހިނގާލަން ބޭނުވިއެވެ. އަހަރަކު އެއްފަހަރު ފާހަގަ ކުރެވޭ އުފަން ދުވަސް އައުމުގެ ސަބަބުން އުފާވެފައި ހުރި ވަރު އިޙްސާސް ކުރެވޭނީ ރައިފާއަށެވެ. އެތައްމަގަކުން ހިނގުމަށް ފަހު އަތިރިމައްޗާ ހަމައަށް ނިކުތީ ހަވީރު ފަހެއް ޖަހަނިކޮށެވެ. އޭރު އެހިސާބުގައި އެއްވެސް މީހަކު ފެއްނާކަށް ނެތެވެ. އަތިރި މައްޗާއި އެއްގޮތަށް މޫދުވެސް އޮތީ ހަމަހިމޭންކޮށެވެ. ރައިފާއަށް އެހިސާބުން ރީތި ބޮލި ފެންނާތީ ބޮލި ހޮވަން ފެށިއެވެ. ކުއްލިއަކަށް ނުދަންނަ ހަތަރު މީހަކު ރައިފާއާ ދިމާއަށް އަންނަތަން ފެނުނެވެ.
" މިތާ އެކަނި ކީއް ތިކުރަނީ؟" ދަހިވެތި ނަޒަރަކުން ބަލާލުމާއި އެކު އެކަކު އެހިއެވެ.
" އެރީތި އަޑު އިވިދާނެތީ ވާހަކަ ނުދައްކަން އެހުރީ" ދެވަނަ މީހާވެސް ޖުމްލައެއް އިތުރުކޮށްލިއެވެ. ރައިފާގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލިއްޖެއެވެ. އެމީހުން ތިބި ގޮތުން ރައިފާ ބިރުގަންނަން ފަށައިފިއެވެ.
" ހިނގާބަލަ އަހަރެމެންނާއި އެކު އެއޮތް ބޯޓަށް " ތިންވަނަ މީހާ ދުރުގައި އޮތް ބޯޓަކަށް އަތް ދިއްކޮށްލިއެވެ. ރައިފާއަށް ތިންވަނަ މީހާ އެބުނި އެއްޗެއް ކޮންމެވެސް ވަރަކަށް އެނގުނެވެ. ނޫނެކޭ ބުނާގޮތަކަށް ރައިފާގެ ބޯ ހޫރަލިއެވެ. އެމީހުންނަށް ހީވީ އެމީހުން ކުރިމަތީގައި ބަލިކަށި އަންހެން ކުއްޖަކު ދެރަދެނީ ކަމުގައެވެ. އެގޮތަށް ދެރަ ޤަބޫލު ކުރުމަށް އެމީހުންގެ ހިތެއް ނޭދެއެވެ. ހަތަރު މީހުންވެގެން ރައިފާ ވަލުތެރެއަށް ގެންދިޔައެވެ. ވަރަށް ބާރަށް ހަޅޭއްލެވުމަށް ރައިފާ މަސައްކަތް ކުރިއެވެ. އަޑެއް ނުނިކުތެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. އެހެންނަމަވެސް ކުރާނޭ ކަމެއް ނެތެވެ. އެންމެ ކުޑަމިނުން މީހަކަށް އިވޭވަރަށް ހަޅޭއްލަވައި ގަންނާނީ ކިހިނެއް ހެއްޔެވެ؟ އެކުޅަދާނަކަން އޭނާއަކަށް ލިބިފައެއް ނެތެވެ.
ގަދަ ދައްކައިގެން ވެސް ސަލާމަތް ވެވެނީ އެންމެ މީހަކު ހިފާއްޓާފައި ވާނަމަތާޢެވެ. ވަރުގަދަ ހަތަރު ފިރިހެނުންގެ އަތްދަށުގައި ރޯލަ ރޯލާ އޮންނަން ޖެހުނީއެވެ. މިނިވަން ދޫންޏެއް މަޅިއެއްގައި ޖެހިފައިވާ ފަދައިންނެވެ. އެހަތަރުމީހުން ރައިފާ ރޭޕް ކުރީއެވެ. އެމީހަކު ބޭނުން ވަރަކަށް އުފާ ލިބިގަތުމަށްފަހު ދުވެ ފިލީއެވެ.
ރައިފާއަށް ހޭވެރިކަން ވީއިރު އޮތީ ވަލުތެރޭގައެވެ. އެތައް މަސައްކަތަކުން ތެދުވުމަށްފަހު ގެއްށް ދިއުމަށް ހިނގައިގަތެވެ. މުޅި ގައިގައި ނުރިއްސާ އެންމެ ކަށިކޮޅެއް ނެތެވެ. ދެފިޔަވަޅު ކުރިއަށް އެޅުނިއްޔާ އަނެއް ފިޔަވަޅު ފަހަތަށް ދެއެވެ. އެކަހަލަ ގޮތަކަށް ގެއާ ހަމައަށް ދެވުނީ ކިރިޔާއެވެ. އޭރު ރައިފާގެ މަންމަ އޭނާ ލަސްވެގެން ދޮކޮޅު ބަލަބަލާ ހުއްޓެވެ. މަންމަ ފެނުމާއި އެކު ރޮއި ގަނެފައި ހޭނެތިގެން ވެއްޓުނީއެވެ.
ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުނުވެ. ނުކުޅެދޭ ކުއްޖަކަށް އިތުރަށް ނުކުޅެދުން ތެރިކަން ލިބުނީއެވެ. ރައިފާއަށް ގެއްލުން ދިން ބަޔަކު ފިލާ ރައްކާވީއެވެ. އޭނާއަށް ރޭޕް ކުރި މީހުން ބުނާކަށް ނޭގުނެވެ. ޖިންސީ ގޯނާގެ މަޢުލޫމާތު ރައިފާއަށް ލިބިފައި ނެތުމުން އެއީ ގޯސް ނުވަތަ ރަނގަޅު ކަމެއްކަން ނޭގުނެވެ. އެނގޭހާވެސް ކަމަކީ ރައިފާއަށް އެތައްގެއްލުން ތަކެއް ދިނުމަށްފަހު ފޮނިކޮޅު ބޯލައިގެން އެނުލަފާ ވަހުޝީ ފިރިހެނުންތައް ރައްކާވީ ކަމެވެ. ރައިފާގެ ސިކުނޑިއަށާއި ހަށިގަނޑަށް އެތައް ވޭންތަކެއް ދިނުމަށް ފަހުއެވެ. ( ނިމުނީ)

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ