• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އުސާމާ ބިންލާދިން މަރާލެވިއްޖެކަމަށް ބަރަކް އޮބާމާ ހާމަކޮށްފި

Posted by faradays on Monday, May 09, 2011 No comments


އެމެރިކާގެ ރައީސް ބަރަކް އޮބާމާ މީޑިއާ މެދުވެރިކޮށް ދީފައިވާ ސްޓޭޓްމެންޓްގައި ވިދާޅުވެފައިވަނީ ‘އުސާމާ ބިން ލާދިން މަރާލެވިއްޖެ’ކަމަށެވެ. އެމެރިކާގައި މިއަދު ހެނދުނު މިހަބަރު ފެތުރުމާއި އެކު އުފާ ފާޅުކުރަމުން ގެންދާއިރު ބައެއް ފަރާތުން މިހަބަރު ގަބޫލުކުރަން ދަތިކަމަށް ދަނީ ބުނަމުންނެވެ. ރަސްމީކޮށް އުސާމާ ގެ ހަށިގަނޑު އެމެރިކާއިން އާންމުކޮށްފައި ނުވާއިރު ޓީވީތަކުން އުސާމާ ކަމަށް ބުނެ ދައްކަމުންދާ ހަށިގަނޑަކީ އޭނާ ނޫންކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެއީ ‘ފޭކް’ ފޮޓޯއެއްކަމަށް ބުނަމުން ދަނިކޮން އުސާމާ ގެ ހަށިގަނޑު ‘ކަނޑުފައްތައިފި’ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ.
އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި އުސާމާ މަރާލެވުނީ  ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ރަށް ބޭރުގައި ހުރި ގެއެއްގައި އޭނާ އިންދައި ކަމަށާއި އުސާމާ މަރާލެވުނީ ދެފަރާތުގެ ދެމެދުގައި 40 މިނިޓް ބަދަލު ކުރެވުނު ހަމަލާއަށް ފަހުގައިކަމަށްވެސް އެމެރިކާއިން ދަނީ ބުނަމުންނެވެ. އަދި ‘މިއީ މަރާލުމަށް ހިންގި އޮޕަރޭޝަނެއް ކަމުގައާއި ދިރިހުއްޓާ އުސާމާ އަތުލައި ގަތުމުގެ އެއްވެސް ޕްލޭނެއް ނެތް”ކަމަށް އެމެރިކާގެ ސަލާމަތީ ބާރުންވަނީ ހާމަކޮށްފައެވެ
ސެޕްޓެމްބާރ 11 ގައި އިތުރުން ގިނަ ޓެރަރިޒަމްގެ ހަމަލާތަކެއް ދީފައިވާކަމަށް ބުނެ އެމެރިކާއިން ތުހުމަތު ކުރާ އުސާމާ ބިން ލާދިން ހޯދުމަށް އަޕްޢާނިސްތާނާއި ޕާކިސްތާން ގައި އަތްފުނާ އަޅާތާ މިހާރު 10 އަހަރު ވަނީ ވެފައެވެ

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments