• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ލޯބީގެ ހަޤީޤީ މާނަ ... އިބުރަތުގެ ހަޤީޤީ ހާދިޡާ

Posted by faradays on Thursday, May 19, 2011 No comments


އަހަރެންގެ ނަމަކީ ފަޒްލާ އެވެ. އަހަރެންގެ އުމުރުން 25 އަހަރު ކަމުގައިވިޔަސް އަހަރެން ގުނަމުން މިގެންދަނީ ހަޔާތުގެ ފަހު ވަގުތު ކޮޅުތަކެވެ.އަހަރެންގެހަޔާތް ފާއިތުވެގެން ދިޔަގޮތް ވާހަކައެއްގެ ސިފައިގައި ލިޔަން ތައްޔާރުވެގެން މީނީ ހަޔާތުގައި އަހަރެން އެންމެ ލޯބިވި ބައިވެރިޔާ އާއިއެކު ވަގުތުތައް ހޭދަކުރަމުން ދިޔަ ފެންއާރެއްގެ ކައިރީގައެވެ.
މެންދުރު ވަގުތުގެ އެންމެ ހޫނު ވަގުތު އިރު އައިސް ދުނިޔޭގެ މެދަށް ޖެހިއްޖެއެވެ.އަހަރެންގެ ކައިރިގައިވާ ފެންގަނޑުން އަހަރެންގެ ހިޔަނި ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަހަރެންގެ ސިފައަށް އައިސްފައިވާ ބަދަލު ވަރަށް ސާފުކޮށް ފެންގަނޑުން ފެނެއެވެ.އަހަރެންގެ ސިފަ މިގޮތަށް ފެންނަން ހުއްޓަސް މިއީ ހަމަ ކުރީގެ މިންނާމް އޭ އަހަރެންގެ ހިތް ގޮވައެވެ.ހަމަ އެކަނި ބަދަލުވީ އަހަރެންގެ ސިފައެވެ.
އަހަރެންގެ ހަޔާތުގައި އަހަރެންދެކެ ވަރަށްލޯބިވި ބައިވެރިއަކު ލިބުނެވެ.އެކަމަކު އަހަންނަށް އެލޯބި އަނބުރާ ދެވިފައެއްނެތެވެ.ވަރަށް ގިނަ ފަހަރު މަނާލް އަހަރެން ކައިރިން ލޯތްބާއި އަޅާލުން ދިނުމަށް އެދި އާދޭސް ކުރިއެވެ.ނަމަވެސް މަނާލް ކުރި އާދޭސް ތަކަށް އަހަންނަކަށް ސަމާލު ކަމެއް ނުދެވުނެވެ.
އެކަމު އެއީ ރަގަޅުގޮތް ނޫންކަން އަހރެންނަށް ވިސްނެންފެށިއެވެ.ހަޤީގަތުގައި އަހަރެންނަށްވެސް އޭނަދެކެ ލޯބިވެވިއްޖެއެވެ.އަހަރެންގެ ހިތް އޭނަ އަށް ހަދިޔާ ކުރެވިއްޖެއެވެ.އޭނަ އަހަރެންގެ ކޮންމެ ހިތާމައެއްގައި ބައިވެރިވެއެވެ.އަޅާލައެވެއަހަރެންގެ ވާހަކަ ފައްޓާނީ މީގެ ހައަހަރު ކުރިން މަނާލް އާއި އަހަރެން ބައްދަލުވި ހިސާބުންނެވެ.

މިހާ ހިސާބުން އަހަރެންގެ ހިތްދަތި މާޒީގެ ތެރެއަށް އަށް ޖައްސާލާނަމެވެ.

އަހަރެންގެ ދެކަންފަތުގައި ބާރަށް އަތް އެޅީމެވެ.އެ އިވެނީ އަހަރެންގެ ދޮން މަންމަ އަހަންނަށް ގޮވާ އަޑެވެ.އެއަޑުގައި އެކުލެވިގެން ވަނީ އަނިޔާވެރި ކަމެވެ.މިއަދު އިތުރަށް ދޮންމަންމަ އާއި ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ.މިހާރުވެސް އޭނަ އަހަރެންނަށް އަނިޔާކޮށްފައިވާ އަދަދު ބުނަންވެސް ނޭންގެއެވެ.އެކަންތަކާ ކުރިމަތިލާނެ ހިތްވަރެއްވެސް ނެތެވެ.ބިރުންގޮސް މީހާ ހަލާކުވަނީއެވެ.
ކުޑަކޮށް ދޮރު ހުޅުވާލާފައި ބަލާލިއިރު ދޮންމަންމަ އަންނަތަން ފެނެއެވެ.އަތުގައި ހެޔޮވަރު ދަނޑި ބުރިއެއް އޮތެވެ.މިހާރު އަހަރެންގެ ހިތަށް އަރަމުން ދަނީ އެހަމަލާއިން އަހަރެންނަށް ކިހާވަރަކަށް އަސަރުކުރާނެ ކަމާއިމެދުއެވެ.
އަހަރެންގެ އުމުރުން 13 އަހަރެވެ.މީހުން ބުނެއެވެ.13 ނަމްބަރު އަކި ބަދު ނަސީބު ނަމްބަރެކެވެ.އެއީ ތެދެކެވެ.އަހަރެންގެ އުމުރުން 10 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ.މަންމަ އަހަރެން ކައިރީގައި ބުނެފައިވާ އެއްޗެއް އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ.އަހަރެން މިއީ ދުނިޔެއިންވެސް އެންމެ ރީތި އަންހެން ކުއްޖާއެވެ.އަހަންނަށްޓަކައި މަންމަ ފަޙްރުވެރިވާ ވާހަކައެވެ.އަބަދަށްވެސް މަންމަގެ ލޯބި އަހަންނާއެކު ވާނެކަމެވެ.
އަހަރެންނަށް ރޮވެން ފަށައިފިއެވެ.އަހަރެންދެކެ މަންމަ ލޯބިވާނަމަ ކީއްވެތަ އަހަރެން ދުކޮށްފަ ދިޔައީ؟
އަހަރެންގެ އުމުރުން 13 އަހަރުގައި ބައްޕަ ހައްވަ އާއި އިނދެފިއެވެ.އެއީ އަހަރެންގެ ދޮންމަންމައެވެ.އޭނަ އަކީ ހިތްހަރު ވަރަށް ނުބައި މީހެކެވެ.އަބަދުވެސް އޭނަގެ ކިބައިން އަހަންނަށް ލިބެމުން އަންނަނީ އަނިޔާއެވެ.އޭނާއާއި އެކުވާ ކޮންމެ ދުވަހެއްވެސް އަހަންނަށް ބިރުވެރި ހުވަފެނެއް ގޮތަށް ސިފަވާން ފަށައިފިއެވެ.

ކުއްލިއަކަށް ދޮރު ކޮށްޕާލާފައި ދޮންމަންމަ އެތެރެއަށް ވަދެއްޖެއެވެ.
"ޖައްބާރު ކުއްޖާ ގަނޑާ..މިހާވަރަށް މަ ގޮވާއިރުވެސް އެބަ އިނިންދޯ"؟
އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ބޭރަށް ނެރެ ތަޅުންގަނޑު މައްޗަށް ކޮށްޕާލިއެވެ.އޭނާގެ އަތުގައި އޮތް ދަނޑިބުރިން އަހަރެންގެ ބުރަކަށިމަތީ ތަޅައިގެންފިއެވެ.
ވީތަދުން އަހަންނަށް ރޮވެންފެށުނެވެ.އެކަމަކު އަހަރެންގެ މި ކެކުރުމުގެ އަޑު އަހާނެ އިތުރު ފަރާތެއް ނުހުންނާކަންވެސް އެނގޭހާލުއެވެ.
އަހަރެންގެ ހިތަށް އުނދަގޫ ވާން ފަށައިފިއެވެ.ނޭވާލާން ވެސް ދަތިވެއްޖެއެވެ.
"ރޯނެ ކަމެއްނެތް.ކަލޭގެ ހިތުގެ ބައްޔަށް ބޭސް ކުރަން ދާ ހަރަދެއް ނުފެނޭތަ؟ކުޑަ ހަރަދެއް ނޫނޭ އެއީ".
އާންއެކެވެ.އަހަންނަކީ ހިތުގެ ބަލި ހުންނަ ކުއްޖެކެވެ.ޑޮކްޓަރ ދީފައި ހުންނަ ބޭސްތައް އަހަރެން ބޭނުން ނުކުރާނަމަ މިހާރު އަހަރެން މިދުނިޔެއަކު ނެތީހެވެ.ކިތަންމެ ގިނަ ބޭހެއް ޑޮކްޓަރ ދިނަސް މާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދު ޑޮކްޓަރ ވެސް ވަނީ ކަނޑާލާފައެވެ.އެވަގުތު ބައްޕަ އައިސް ގެއަށް ވަނެވެ.
އެވަގުތު އަހަރެން ތަޅުމަތީ އޮތްތަންފެނިފަ ބައްޕަގެ ލޮލުން ކަރުނަ އައެވެ.އަދި ދޮންމަންމަ ކައިރިއަށް ގޮސް ވަރަށް އާދޭހާއި އެކު އެހެން ނުހެދުމަށް އެދުނެވެ. ރުޅި މަޑުކޮށްފައި ކާއެއްޗެއް ދިނުމަށް އެދުނެވެ.
"އެހެންވެގެންނޭ މި ތަޅަނީ އޭނަ ގައިގައި.ދޮންމަންމަ ހަޅޭ ލަވައިގަތެވެ.ސުކޫލްގަޑީގައި ކިޔަވާ ނިމުމަށް ފަހު އިތުރު ގަޑި ނަގާކަށް ނުޖެހޭނެ.އޭނައަށް އެނގޭނެ އަވަހަށް އައިސް ކާއެއްޗެހި ގަންނަން ބާޒާރަށް ދާންޖެހޭނެކަން.ރޭގަނޑުގަޑީގައި ކާންވާއިރަށް ކައްކަން ޖެހޭހެކަން" ކަލޭގެ ދަރި އެކޭ އިބިލީހެކޭ އެއްވަރު ވެއްޖެ.އޭނަ ބޭނުންވަނީ އަހަރެން ބަނޑަށް މަރާލަންހެން މަށަށް ހީވަނީ.
އަހަރެން މިއަދު އިތުރު ގަޑިގައެއް ނުކިޔަވަމެވެ.ޓީޗަރ ބުނެގެން ކުޑަ އިރުކޮޅަކު މަޑުކޮށްލާފައި އަވަސް އަވަހަށް އައީއެވެ.އެކަމުވެސް ދޮންމަންމަ ގެ ހަމަލާއަކުން ސަލާމަތެއް ނުވެވުނެވެ
އަހަރެންގެ ކޮނޑުހުޅުން ރިހުން އިތުރުވާން ފެށިއެވެ.ލޭ އަންނަކަންވެސް އެނގުނެވެ.ކެތް ނުވާވަރުވުމުން ގިސްލެވެންފެށިއެވެ.އަހަރެން އޭނަގެ މޫނު ބަލާލަންވެސް ބޭނުމެއް ނޫނެވެ.
"އަޅާނުލާ..މިއަދު ކާނީ ތަންކޮޅެއްފަހުން..ދަރިފުޅާ އަވަހަށް މަންމަ ކައިރި މާފައްއެދޭ."ބައްޕަ އަހެރެން ކައިރިން އެދުނެވެ.

ރިހުންތައް އެއްފަރާތް ކޮށްފައި ވަރަށް ހިތްވަރުކޮށްފައި އަހަރެން ބުނެވޭތޯ މަސައްކަތް ކުރީމެވެ."އަޅުގަނޑަށް މާފުކުރޭ މަންމާ"
އަހަރެންގެ އަތަށް ބައްޕަ ލާރި ދީފައި ކާއެއްޗެހިގަންނަން ދިއުމަށްއެދުނެވެ.
"މިރޭ ތަންކޮޅެއް މީރު އެއްޗެއް ހަދާލާ.އޭރުން މަންމަ ތަންކޮޅެއް މައިތިރިވެދާނެ"

އަހަރެން ލާރި ހިފައިގެން ދިޔައީ ބާޒާރަށެވެ.ކާއެއްޗެހި ގަތުމަށް ވަނީ މުޙައްމަދުބޭބެ ފިހާރައަށެވެ.އެތަނުގެ ވެރިޔަކީ އޭނާއެވެ.އަހަންނާއިމެދު ކަންތައް ވަމުން އަންނަގޮތް އޭނަ ވަރަށް ރަގަޅަށް ދަނެއެވެ.އަހަރެން ތަކެތި ނެގުމަށް ފަހު ލާރި ދެއްކުމަށް ކައުޓަރުކައިރިއަށް ގާތްވެލީމެވެ.

"40 ރުފިޔާ"
"ކީކޭ"އެހެނެއް ނުވާނެ.އަދިއެއްފަހަރު ބަލާލަބަލަ"މިހާރުވެސް 240 ރުފިޔާ އަރާނެ.
"ފަޒްލާ.ބޭބެ އަށް އެނގެޔޭ ތިކަން".މުޙައްމަދުބެ ވަރަށް ހިތްހެޔޮގޮތަކަށް ހީލާފައި ބުންޏެވެ.
"އަނެއް 200 ރުފިޔާ ފަޒޫ އަށް ހަދިޔާ އަކަށް ދިނީމި"
އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"ނޫން އަހަންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ.އެއްކޮށް ކަނޑާލަ"
އެކަމަކުވެސް މުޙައްމަދުބޭ ނެގީ 40 ރުފިޔާއެވެ.އަދި އެ 200 ރުފިޔާ ހިފުމަށް އާދޭސް ކުރިއެވެ.
"މުޙައްމަދުބެއަށް އެނގޭ ފަޒޫގެ ދޮންމަންމަ ފަޒޫ އާއި މެދު ކަންތައް ކުރަނީ ވަރަށް ގޯސް ކޮށްކަން"
އަހަރެންގެ ލޮލުން ކަރުނައަންނަށް ފަށައިފިއެވެ.އަވަހަށް ޝުކުރު އަދާކޮށްފައި ގެޔާ ދިމައްދިޔުމަށް އަވަސްވެގަތީމެވެ.
(ނުނިމޭ)

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments