• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މަރުހަބާ އަލީ ވަހީދު .އަލުހާނު ފަދައިންސަރުކާރުގެ ނަވަށް އަރާ މަނިކުފާނަށްވެސް އަޅުގަނޑު އެދެނީ ހަމަކައްޕިކަން

Posted by faradays on Thursday, May 19, 2011 No comments


ޑީއާރްޕީގެ ނައިބު ލީޑަރު އަލީ ވަހީދު މާޗް 13، 2011 ވަނަ ދުވަހު ރައިވެރިޔާ ރެސްޓޯރެންޓްގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނާއެކު - ސަން ފައިލް ފޮޓޯ


ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު މިއަދު ޑީއާރްޕީން ވަކިވެވަޑައިގެންފި އެވެ.

އަލީ ވަހީދު ދެންމެ ވިދާޅުވީ މިއަދު 10:20ގައި ޕާޓީން ވަކިވެވަޑައިގަތުމުގެ ސިޓީ ޑީއާރުޕީ އޮފީހަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް ޕާޓީން އޭނާ ވަކިވެވަޑައިގަތީ ކީއްވެގެން ކަމެއް ވިދާޅެއް ނުވި އެވެ. އަދި އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ ވަކިއެއްޗެއް އަދި ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ.

އަލީ ވަހީދު ޑީއާރްޕީން މި ވަކިވެވަޑައިގަތީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށާއި އެމްޑީޕީން ބާއްވާ ރަސްމީ ޖަލްސާއެއްގައި އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

މާސްކޮމިއުނިކޭޝަން ދާއިރާއިން ޑިގްރީ ހާސިލު ކުރައްވާފައިވާ އަލީ ވަހީދު ޑީއާރްޕީގައި ފުރަތަމަ ފާހަގަ ވެގެން އައީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރުގެ ގޮތުގަ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ތޮއްޑޫ ދާއިރާގެ ގޮނޑި ޑީއާރްޕީގެ ޓިކެޓްގައި 742 ވޯޓު ހޯއްދަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރުގެ ގޮތުގައި އުމުރުފުޅުން 24 އަހަރުގަ އެވެ. ކުރިން ރައީސް އޮފީހުގެ ޕްރެސް އޮފީހުގައި ވެސް މަސައްކަތް ކުރެއްވެވި ފެބުރުއަރީ 17، 2010 ގައި ޑީއާރްޕީގެ ނައިބު ލީޑު ކަމަށް އަލީ ވަހީދު ވަޑައިގަތީ ޕާޓީގެ ކޮންގްރެސްގައި 645 ވޯޓު ހޯއްދަވައިގެނެވެ
.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments