'އަހަރެން މިތާ ކީއްބާ މިކުރަނީ!......' އަހަރެން ވިސްނާލީމެވެ. އަހަރެން މޮޔައެއް ނުވެއެވެ. އަހަރެން މޮޔަވާން ޖެހޭވަރުގެ ކަމެއް ވީކަމުގެ ހަނދާނެއް އަހަރެންގެ ނެތެވެ. ޔަޤީނެވެ. މީ އޮޅުމެކެވެ. 'ކަލޭތީ މޮޔައެއްތަ؟' އެތައް އިރަކު ވިސްނަން އޮތުމަށްފަހު އަހަރެން ސުވާލު ކުރީމެވެ. އަހަރެންގެ ސުވާލާއެކު އެ އަންހެންމީހާ ހުއްޓުން އެރި ކަހަލައެވެ. އެތައް އިރަކު އޭނާ ގަބުއަރާފައި ހުއްޓެވެ. އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލީމެވެ. މި އަންހެންމީހާ މުޅިއަކުން ރަނގަޅެއްނޫނޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ މިފަހަރުވެސް ހިނިތުންވެލިއެވެ. ކުރިން އަހަރެންނަށް ހީވީ ރަނގަޅެށެވެ. މީނާ އަށް އެހުރީ ހަމަ ރަނގަޅަށްވެސް ބައްޔެއް ޖެހިފައެވެ.
'އަހަރެންމީ މިތާނގެ ޑޮކްޓަރ. ނަމަކީ ޝާޒިޔާ' އޭނާ އަހަރެންނާ ސަލާމް ކޮށްލުމުގެ ގޮތުން އަތް ދިއްކޮށްލިއެވެ. އަހަރެން އެ އަތުގައި ހިފާ ސަލާމް ކޮށްލީމެވެ. މަޑު ފިނިކަމެއް އެ އަތުގައި ހުއްޓެވެ. ރޫމްތެރޭގެ ފިނި ހޫނުމިން ހުރި ގޮތުންކަމަށްވެސް ވެދާނެއެވެ. 'އަހަރެންމީ...... މީ.. މީ' އަހަރެންވެސް ތައާރަފު ވެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ހަނދާނެއް ނުވިއެވެ. ކީއްވެބާވައެވެ؟ ނަމެއް ނުކިޔަނީ ކަމަށް ވެދާނެއެވެ. 'ނަޒާހު ދޯ' ޑޮކްޓަރ އަހަރެންގެ ހާލަތު ފެނިފައި އަހަރެންނަށް އެހީތެރިވެދެނެވެ. އެވަގުތު ޑޮކްޓަރގެ މޫނުމަތީގައި ހުރި ހިނިތުންވުން ފެނިފައި އަހަރެންގެ ނަފްސް އަހަރެންނަށް މަލާމާތް ކޮށްލި ކަހަލައެވެ. 'ޝުކުރިއްޔާ' ލިބުނު ލަދުވެތިކަން ފޮރުވަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. މަރުހަބާ އޭ ބުނަމުން ޑޮކްޓަރ އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ.
ހަމަ ރަނގަޅަށްވެސް އަހަރެން މޮޔަވީ ބާވައެވެ. ނޫނެކެވެ. ނަން ހަނދާން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ މޮޔަވީ ކަމުގައި ނުބެލެވޭނެއެވެ.
'ޑޮކްޓަރ.....' އެތައް އިރަކު ވިސްނުމަށްފަހު އަހަރެން ޑޮކްޓަރަށް ގޮވާލީމެވެ. އޭނާ ހިތް ހެޔޮކަމާއެކު އަހަރެންނަށް އިޖާބަ ދިނެވެ. 'އަހަރެން ހަމަ އަސްލުވެސް މޮޔަވީތަ؟' އެއީ ހިތްދަތި ސުވާލެކެވެ. ހިސާބަކަށް ހިންދިރުވާވެސް ލެވުނު މެއެވެ. 'ކަލާ މިތަނަށް ގެނެވުނީ މޮޔައެއްގެ ގޮތުގައި. މިހާރު ތި ސުވާލަށް ޖަވާބުދިނުން ވަރަށް ދަތި. އަހަރެންނަށް އެއްޗެކޭ ބުނެވޭ ވަރުވާނީ އިތުރު ޓެސްޓްތަކެއް ހަދައިގެން.' ޑޮކްޓަރ ވާހަކަ ނިންމާލަމުން ހިނިތުންވެލިއެވެ. މިވަރުން ފުދޭނެހޭ އަހާ ކަހަލަ ގޮތަކަށެވެ.
އަހަރެން އަނެއްކާވެސް ވިސްނޭތޯ މަސައްކަތް ކުރީމެވެ. އިތުރު އެއްޗެއް ހަނދާން ވޭތޯއެވެ. އެތައް އިރަކު އަހަރެން މަސައްކަތް ކުރީމެވެ. މީ ހާދަ އުދަނގޫ ކަމެކެވެ. އިއްޔެވީ ކަމެއްގެ ހަނދާންވެސް އަހަރެންގެ ކިބައިގައި ނުވެއެވެ. އަހަރެންގެ ހަނދާންތައް އައު ކުރުމުގައި މަސްއޫލުވެ އުޅެނިކޮށް ޑޮކްޓަރ އިންޖެކްޝަނެއް ހިފައިގެން އަންނާތީ ފެނުނެވެ. ކުޑަކޮށް ޖެހިލުންވަގޮތް ވިއެވެ. އާދައިގެ މަތިން ޑޮކްޓަރ ހިނިތުންވެލިއެވެ. 'ވަރަށް މަސައްކަތް ކުރެވިއްޖެ ދޯ؟' އޭނާ އިންޖެކްޝަން ޖަހަމުން ސުވާލުކުރިއެވެ. އަޖައިބެއް ކަހަލަ އަންހެނެކެވެ. މިކަހަލަ ޑޮކްޓަރުންނަށް އަހަރެމެންގެ ހިތުތެރެވެސް އެނގެނީ ބާވައެވެ. އަހަރެން އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެއަށްވުރެ އަހަރެން ވަރު ބައްޔެވެ. 'އިހަށް އަރާމުކޮށްލާ. ވާހަކަދައްކާނީ ފަހުންދޯ' އޭރު އަހަރެންނަށް ފެންނަމުންދިޔަ އެއްޗެހި ފުސްވަމުން ދިޔައެވެ. ލޮލަށް ބަރުވަމުންގޮސް އެކީ އެކައްޗަކަށް ލޯ މެރުނެވެ.
......................................................................................................................................................................
އަހަރެންނަށް ހޭލެވުނީ ބަޔަކު މީހުން ވާހަކަދައްކަމުން ދިޔަ އަޑަށެވެ. ނިދާތާ ވީ އިރެއްވެސް ބުނެދޭންވެސް ނޭނގެއެވެ. ހިއްސުތައްވަނީ ނިދީގެ ސަބަބުން ވަރުބަލި ކުރުވާފައެވެ. ވަރަށް ގިނައިރު ނިދިއްޖެހެން ހީވެއެވެ. އަހަރެން ކޮޓަރިތެރެ ބަލައިލީމެވެ. ޔުނީފޯރމެއްގައި ތިބި ދެމީހަކު ޑޮކްޓަރާ ވާހަކަ ދައްކާން ތިއްބެވެ. ހީވާގޮތުން އެއީ ޕޮލިސް އޮފިސަރުން ތަކެކެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ފުދޭވަރަކަށް މަޑުން ކަމުން ކީ އެއްޗެއް ސާފުވާގޮތެއް ނުވިއެވެ. ކުއްލިއަކަށް އޭގެން މީހަކު އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަހަރެން އަވަސްއަވަހަށް ލޯ މަރާލީމެވެ. އަހަރެން ހޭލާ އޮތްކަން އަންގަން އަހަރެން ބޭނުމެއް ނުވެއެވެ.
އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު އެދެމީހުން ނިކުމެގެން ހިނގައްޖެއެވެ. މީ އަނެއްކާ އަހަރެންގެ މައްސަލައެއް ބަލާ ބައެއް ބާވައެވެ. އަހަރެންގެ ހިތް ނުތަވަސްވަމުންދިޔައެވެ. މީ ކޮންފަދަ ދުވަހެއް ހެއްޔެވެ؟ ކަމަކަށްފަހު ކަމެކެވެ. 'ފެން ފޮދެއް؟' އެމީހުން ދިޔަތާ 15 ވަރަކަށް މިނެޓް ކޮށްފައި އަހަރެން ފެންފޮދަކަށް އެދުނީމެވެ. އަހަރެންގެ އަޑަށް ޑރ ބަލާލިއެވެ. އަދި އޭނާގެ އާދައިގެ މަތިން ހިނިތުންވެލިއެވެ. ތައްޓަކަށް ފެންފޮދެއް އަޅައިގެން އައިސް އޭނާ އަހަރެންގެ ތުންފަތުގައި ޖެއްސިއެވެ. ދެތިން ކޯވަރު ބޯލުމަށްފަހު އަހަރެން ތަށި ގެން ދިޔުމަށް އެދުނީމެވެ.
'ކިހިނެއްތޯ؟' ތަށި ބެހެއްޓުމަށްފަހު އަހަރެންގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ޑރ އަހަރެންނާ ސުވާލު ކުރިއެވެ.
'ޑޮކްޓަރ ބުނެއްދެއްވާ......؟' އަހަރެން ސުވާލުގެ ޖަވާބު ދޫކޮށްލީ ޑޜ ގެ އަތް މައްޗަށެވެ. އަހަރެންނަކަށް ހަމަ އެކައްޗެއްވެސް ނޭގެއެވެ. މިތަނުގައި އަހަރެން ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައެވެ.
ޑޮކްޓަރ ފުން ނޭވާ އެއް ދޫކޮށްލިއެވެ. ބޮޑުވާހަކަ އެއް ފަށަން އުޅޭ ކަހަލައެވެ. ނޫނެކެވެ. އޭނާ ހިނިތުން ވެލީއެވެ. 'އަހަރެން މިއަދު ވަރަށް އުފާވެއްޖެ.' އޭނާ އަދިވެސް އިނީ ހިނިތުންވެފައެވެ. އުފާވެރިކަން އޭނާގެ އަޑުން ފާޅުވާން ހުއްޓެވެ. އަހަރެންނަށް ހައިރާންވެފައި ބަލަހައްޓައިގެން އޮވެވުނީއެވެ. ކީއްވެހޭވެސް އަހާލަން ނޭނގިފައެވެ.
'އަހަރެން އުފާވަނީ އަހަރެން މިއޮއް ހުރިހާ ދުވަހު ކުރަމުން އައި މަސައްކަތް ކާމިޔާބުވީމަ. މިތަނުގައި ނަޒާހު ހޭދަ ކުރި މުއްދަތުގައި އެއްވެސް ވަރަކަށް އަނގައިން ބުނެފައެއް ނުވޭ. މިތަނަށް ނަޒާހު ގެނަވުނު އިރު ސިކުނޑީގެ އެއްފަޅި ރަނގަޅަށް މަސައްކަތެއް ނުކުރޭ... ' އަހަރެންގެ ހިތުގައި އެތައް ބައިވަރު ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. ނަމަވެސް އޭގެން ކުރަންވީ ކޮންސުވާލެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ.
'އަދި މިތަނުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެފަޅީގެ މަސައްކަތް އެއްކޮށް ހުއްޓުނު. ނަމަވެސް މިއަދުގެ ޓެސްޓް ތަކުން ދައްކާގޮތުން އެފަޅީގެ މަސައްކަތްވަނީ އަލުން ފަށައިފަ...' ޑރ ހިނިތުންވުމަކާއެކު ވާހަކަ ނިންމާލިއެވެ.
އަހަރެން ވިސްނަން އޮތީމެވެ. ޑރ އަހަރެންނަށް ބަލަހައްޓައިގެން އިނެވެ. އަހަރެން އެއްޗެއް ބުނޭތޯ އުއްމީދުކުރާ ކަހަލައެވެ. 'އަހަރެން މިތާގައި ހުންނަތާ ކިތައް އަހަރުވެއްޖެ؟' އެންމެ ފަހުން އަހަރެންގެ ވިސްނުމަށްއައި ސުވާލު އަހަރެން ކުރީމެވެ. '5އަހަރު' އެއްވެސް ޖެހިލުމެއް ނެތި ޑރ ޖަވާބު ދިނެވެ. އެއީ ކުޑަ ހިނދުކޮޅެއް ކަމަށް އޭނާ އަށް ހީވަނީ ކަން ނޭނގެއެވެ.
'ނުވާނެ އެހެނެއް!!!!!' އަހަރެން ހަޅޭލައި ގަތީމެވެ. ޑރ ސިއްސައިގެން ގޮސް އިންތަނުން ތެދުވެ ދުރަށްޖެހި ބަލަހައްޓައިގެން ހުއްޓެވެ. އުއްމީދު ނުކުރާ ކަހަލަ ކަމެއް ފެނުމުން ހައިރާންވެފައެވެ. އަހަރެން ތެދުވެގެން ދާން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އަތްފައިގައިވަނީ ހިލިހިލާ ޖަހައި ބަންދު ކޮށްފައެވެ. ކުރިން އެކަމާމެދު އަހަރެންނަށް ވިސްނާނުލެވުނީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
އެތައް އިރަކު އެ ހިލިހިލާން ސަލާމަތް ވެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެންމެ ފަހުން ވަރުބަލިވެގެން އަހަރެން އެދުގައި ހަމަޖެހިލީމެވެ. 'ހެޔޮ ނުވާނެ އަހަރެން ދޫކޮށްލާ، ތީ އޮޅުމެއް އަހަރެންމީ މޮޔައެއް، ތިދެވެނީ ކުށެއްނެތް އިންސާނަކަށް ބޮޑު ގެއްލުމެއް'. އަހަރެން އާދޭސް ކުރަން ފެށީމެވެ. ހިތަށް ކޮށްފައިވާ އަސަރުން އަހަރެންވަނީ ފެންކަޅިވެފައެވެ. 'އަހަރެންނަށް ނަޒާހު ދޫ ކޮށްލެވިދާނެ...' ޑރ ވާހަކަ ދެއްކީ ކުރީގެވެސް މަޑުމައިތިރި ކަމާއެކުގައެވެ. 'އެކަމު ނަޒާހު މިތަނުން ނިކުމެގެން ދާން އޮތް ތަނަކީ ޖަލު'.
އެޖުމުލަ އާއެކު އަހަރެން ތުރުތުރުއަޅައިގެން ދިޔައެވެ. ބިރުވެސްގަތެވެ. ރުޅިވެސް އައެވެ. ނަމަވެސް އަހަރެން ބެލީ ކޮންޓްރޯލް ކުރެވޭތޯއެވެ. ނަފްސް ހަމައަކަށް އެޅުވޭތޯއެވެ. ރުޅިއައިސް ގެން ކުރެވޭނީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިވަނީ އެމީހުންގެ ބެލުމުގެ ދަށުގައެވެ. އަހަރެންގެ އެއްވެސް ބާރެއްނެތެވެ. އަހަރެން ވާހަކައެއް ނުދައްކަމެވެ. ޑރ ވާހަކަ ކުރިއަށް ގެންދާތީ އަޑުއަހަން އޮތީއެވެ.
'ނަޒާހު މިތަނަށް ގެނެވުނުއިރު މާރާމާރީއެއްގެ މައްސަލައެއްގައި ވަނީ ތަހުގީގަށް ބަންދު ކުރެވިފަ. ނަމަވެސް ނަޒާހުގެ ފަރާތުން އެއްބާރުލުމެއް ލިބިދާނެކަމުގެ އިޝާރާތެއް ނުފެންނާތީ އެ މައްސަލަވަނީ ފަސްކުރެވިފައި... ނަޒާހުގެ އެއްބާރު ލުމާއެކު އަހަރެމެންނަށް އެ މައްސަލަ ނިންމާލެވިދާނެ... ނަޒާހު ސަލާމަތްވާން ބޭނުންކަމުގައި ވާނަމަ އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް'.
ޑރ ވާހަކަ ނިމުމުން އަހަރެން އަނެއްކާވެސް ވިސްނާން ފެށީމެވެ. ކުރިން އެއައި ދެމީހުން އެއައީ މިކަމަށްކަން އަހަރެންނަށް މިހާރު އެނގިއްޖެއެވެ. އެކަމު އެއީ ކޮން މައްސަލައެއް ބާވައެވެ. ހަނދާންކުރާހާ ހިތްވަރެއް އަހަރެންގެ ސިކުނޑީގައި ނެތެވެ. "ޑޮކްޓަރ ބުނެދީބަ. އަހަރެން ކުރީ ކޮން ކުށެއްތަ؟ އަހަރެން ދޭންވީ ކޮން އެއްބާރުލުމެއްތަ؟ އަހަރެން ތީން އެއްވެސް ކަމެއް ހަނދާނެއް ނެތް. އާދޭސް ކުރަން ބުނެދީބަ..." އަހަރެން އަނެއްކާވެސް އާދޭސް ކުރަން ފެށީމެވެ. އިތުރުގޮތެއް ނެތުމުންނެވެ.
ޑރ ވަކި ޖަވާބެއް ނުހަދައެވެ. ރޫމްގެ އެއްކަނުގައި ހުރި ކަބަޑަކުން ފައިލްއެއް ނަގާފައި ހުޅުވާލިއެވެ. 'ކުއްލިއަކަށް ސިކުނޑީގެ މަސައްކަތް ތައް ފަށައިގަންނަ އިރު ހަނދާންތައް ނުވުމަކީ އެކަށީގެންވާ ކަމެއް." ފައިލް އަހަރެންނަށް ދިއްކޮށްލަމުން ޑރ. ބުނެލިއެވެ. އަހަރެން އޭގާ ހިފީމެވެ. ހުޅުވައި ބަލަން ފެށީމެވެ. އެއީ ފޮޓޯ އަލްބަމެކެވެ. އަހަރެންގެ ފޮޓޯތަކެވެ. އެކި ދުވަސްވަރު އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތަކެވެ. ފޮޓޯތައް ބަލަމުން ދިޔަވަރަކަށް އަހަރެންނަށް ހަނދާންތައް އާވާން ފެށިއެވެ. އޭގެތެރެއިން ވަކިން ހާއްސަ ފޮޓޯއެއް އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެ ފޮޓޯގައި އަހަރެންނެއް ނެތެވެ. އޭގައިވަނީ ރީތި އަންހެންކުއްޖެކެވެ. އެއީ އަހަރެންނަށް ހުވަފެނުން ފެނުނު ކުއްޖާއެވެ. އަހަރެން އެއީ ކާކުތޯ ހަނދާންވޭތޯ މަސައްކަތް ކުރީމެވެ. އެހެން ފޮޓޯތައް ބަލަމުން ހަނދާން ކުރަމުންނެވެ. އާއެކެވެ އަހަރެން ހަނދާންވެއްޖެއެވެ. އެއީ މީގެ 7 އަހަރު ކުރިއެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ