އަހަރެން އެކަން ގަބޫކު ކުރަމެވެ.
ތިބާވެސް މިކަން ގަބޫލުކުރާށެވެ.
މީހެއްގެ ހިތުގެ އިޙްސާސްތައް ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟
އެމީހެއްގެ ދިރިއުޅުން އެނގޭނީ ކާކަށް ހެއްޔެވެ؟
އެމީހުންގެ ހިތުގައި ހިނގާ ޖަޒުބާތުތައް ދެނެގަނެވޭނެ ހެއްޔެވެ؟
އަހަރެމެންގެ ވިސްނުން އެހާ ފުރިހަމައެއްނޫނެވެ.
މީހެއްގެ ހިތުގެ ފިނިކަމާ ހޫނުކަން އެއްވެސް އިންސާނަކަށް އިޙްސާސް ނުކުރެވޭނެއެވެ.
ތިބާވެސް ވިސްނައިލަބަލާށެވެ.
ބައެއްމީހުން ހިނިތުންވަނީ އުފަލުން ހެމުންނެވެ.
ހިތުން ރުހުމުން އެކަމަށް ގަބޫލު ވެގެންނެވެ.
އެކަމަކު ބުނަންހެއްޔެވެ.
އެއްބަޔަކު އުފަލުގައި އުޅޭއިރު އަނެއްބައެއްގެ ހިތަކީ ހޫނު ކަރުނަ ތިތްކެކެވެ.
މޫނުމަތި ވިދައި ބަބުޅައިލައިފައެވެ.
އެކަމަކު ހިތުގައިވަނީ ވޭނާ ހިތްދަތިކަމުގެ އަސަރުތަކެވެ.
ކުރާނެކަމެއްނެތެވެ.
އެ އިޙްސާސްތައް ދެނެގަނެވެނެހާ ވަރުގެ ގާބިލްކަންހުރި އިންސާނަކު މިދުނިޔެއަކު ނެތެވެ.
ދެރަވާ ކޮންމެފަހަރަކު ޙަޔާތުގައި ކަންވެދިޔަ ގޮތާއިމެދު ވިސްނެއެވެ.
ހިތުގެ ރިހުން ކެތްނުވާވަރަށް ގަދަވެއެވެ.
ކެކުޅުންތައް އިތުރުވެއެވެ.
ދެތިންތިކި ކަރުނަ، ކަރުނައިގެ ސައިލަކަށް ބަދަލުވެއެވެ.
ފިކުރުތަކުން މީހާ ގަންބުވައިލައެވެ. މިކަމަށް ސިކުންތެއްވެސް ނުވެއެވެ.
މާޒީގެ ދުވަސްތައް ފާއިތުވެ ދިޔަގޮތް، މިއަދު ވީކަމެއްހެން މޫނުމަތީގައި އެނބުރެން ފަށައެވެ.
ތިބާ ވިސްނައިލަ ބަލާށެވެ.
ތިބާ ެ ތިޔަ ހާލަތުގައި ވާކަމަށް ޤަބޫލު ކުރަމުނޫންހެއްޔެވެ.
ވީއެރު ދެންތިބޭ މީހުންގެ ހާލަތަކީ ވަރަށް ދެރަނިކަމެތި ހާލެއްކަމަށް ގަބޫލުކުރަމެވެ.
ކޮންމެ އިންސާނެއްގެ ހިތުގައިވެސް ކޫރުންތަކެއް އެޅިފައިވާނެއެވެ.
މިއީ ހަޤީގަތެކެވެ. ކޮންމެމީހެއްގެވެސް އިޙްސާސެއްވާނެއެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ