• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ދެމަފިރިޔަކު އެމީހުންގެ ދަރިފުޅަށް ފޭސްބުކުގެ ބަޓަނެއްގެ ނަން ދީފި

Posted by faradays on Saturday, June 18, 2011 No comments

ސަހްޔޫނީ އިސްރާއިލުގެ ދެމަފިރިޔަކަށް ލިބުނު ދަރިފުޅަކަށް ފޭސްބުކު "ލައިކު" ބަޓަނުގެ ނަމުން ނަންދީފިއެވެ. މިކަމެއް ހިނގީ މިދެމަފިރިންނަށް ފޭސްބުކުން ހިތްވަރު ލިބިގެންކަމަށް ހަބަރުފަތުރާ މަސްދަރުތަކުން ހާމަކުރެއެވެ. އެގޮތުން މި ކުޑަކުއްޖާގެ ބައްޕަ ހާމަކުރިގޮތުގައި މިނަން ކީ އިސްރާއިލުގައި މިނަން ކިޔާ އެހެން ކުއްޖެއް ނެތްކަން ޔަގީން ވުމުން ކަމަށާއި އަދި ދަރިފުޅު އުފަންވީ ކަމަށް ތަސްވީރާއި އެކު ފޭސްބުކުގައި ޖެހުމުން 40 މީހުން ލައިކު ޖެހުމުން އެކަމުން އެނަން ކިޔުމަށް ހިތްވަރު ލިބުނީއެވެ.



މިކަމާއި ބެހޭގޮތުން މި ބުލޮގުން ކުއްޖަކާއި ސުވާލުކޮށްލުމުން ހީލާފައި ބުންޏެވެ. "ދެން ލިބޭ ދަރިޔަކަށް އަނެއްކާ ފޭސްބުކު ނުކިއްޔާ ރަނގަޅު ދޯ"

އަދި ކެއްކުމަށް ސައުގުވެރިކަން ހުންނަ މިއާއިލާއިން މިގޮތަށް އަދަޔާޚިލާފު ގޮތަކަށް ނަންދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދެމަފރިންގެ އެހެން ދަރިޔަކަށް "ޕައި" މިނަން ވެސް ކިޔާފައިވެއެވެ.
މި ޚަބަރަކީ ތިބާއަސް ޝައުޤުވެރި ޚަބަރެއްނަމަ މަތީގައި އޭނަ އިސްރާއިލު މިދެމަފރިންގެ ދަރިފުޅުގެ ނަމަށް ފިތާލަން ހަނދާން ނައްތާ ނުލައްވައްޗެވެ.

މިއީ އިސްރާއިލުގައި އެކަނި ވާ ކަންކަމެއް ނޫނެވެ. ސަމާލުކަން ހޯދުމުގެ ގޮތުން ދުނިޔޭގެ އެކި ތަންތަނުގައި މިކަހަލަ ކަންކަން ތަކުރާރުވަމުންދެއެވެ. އަޅުގަނޑުމެން މިއުޅޭ މިކުޑަ ދިވެހިރާއްޖެވެސް މިކަމުން ސަލާމަތް ނުވެއެވެ. ފޭސްބުކު ނަހަމަގޮތުގައި ބޭނުންކުރުންވަނީ އަދި ފޭސްބުކު ބޭނުންކޮށްގެން ހިންގާ ޖަރީމާތައް ދަނީ ދުނިޔޭގެ އެތަންމިތަނުގައި ދަނީ ގިނަވަމުންނެވެ. ލަފާކުރެވޭ ގޮތުގައި ފޭސްބުކު ބޭނުން ކުރާ މީހުން 400 މިލިޔަނަށްވުރެ ގިނަވާނެއެވެ.
މަސްދަރު: ބީބީސީ، ހާރެޓްޒު

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments