• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އިންޑިޔާ ދެމަފިރިއެއްގެ ދެލޯކޮނެލައިފި

Posted by faradays on Saturday, June 18, 2011 1 comment



އިންޑިޔާގެ ރައިޕޫރު ކިޔާ އަވަށެއްގައި އުޅޭ ދެމަފިރިއެއްގެ ދެލޯ ކޮނެލައިފައިވަނީ 11 މީހުންގެ މައްޗަށް ހިމެނޭ ގުރޫޕަކުން އެގަޔަށް ވަދެގަތުމަށްފަހުއެވެ. މިބައިމީހުން ވަދެގަތީ އެމީހުންނަށް ފަޤީރުކަމާއި އަދި ތިޔާގިކަން ނުލިބެނީ އެގޭގައި އުޅޭ އަންހެންމީހާގެ ސިހުރުންކަމަށް ޝައްކުވާތީއެވެ. ފުލުހުން ހާމަކުރިގޮތުގައި މިދެމަފިރިންގެ ދެލޯ ކޮނެލާފައިވަނީ ކަތުރަކުންނެވެ. މިޖަރީމާ ހިންގާފައިވަނީ އެއްއާއިލާއަކަށް ނިސްބަތްވާ ބަޔެކެވެ.
ފުރަތަމަ މިވެރިން ހަމަލާދިނީ އަންހެން މީހާއަށެވެ. އަދި އަންހެންމީހާގެ ގައިގައި ވަރަށް ގަދަޔަށް ތަޅާ އަނިޔާކުރުމަށްފަހު އަންހެން މީހާގެ ހަތަރެސްފައިގައި ހިފެހެއްޓުމަށްފަހު ކަތުރުން ދެލޯ ކޮނެލީއެވެ. އަދި މިކަން ހުއްޓުވަން އުޅުނު އޭނާގެ ފިރިމީހާއަށްވެސް ފަހުން ވަނީ ހަމަމިފަދައިން ހަދާފައެވެ.

މި ވަގުތު އިންޑިޔާ ގައި ހަރަކާތް ތެރި ވަމުންދާ ސާމަރާލައިވުގެ ރިޕޯޓަރު ވަނީ ހޮސްޕިޓަލުން މި ދެމަފިރިންނާއި ބައްދަލް ކޮއްފައެވެ.ހޮސްޕިޓަލުން މިދެމަފިރިން ބެލި ޑޮކްޓަރުވަނީ ދެން މިދެމަރިންގެ ލޮލަށް ފެންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ބުނެފައެވެ.

މި ސަހަރަކީ މިފަދައިން ސިހުރު ހަދާކަމަށް ޝައްކުވާކަމަށްބުނެ ޢާންމުކޮށް ވަރަށް ގިނައިން އަންހެނުންނާއި މެދުމިފަދަ ހަމަލާތައް ހިންގާ އަވަށެކެވެ. އެގޮތުން ވަރަށް ގިނަފަހަރު މިފަދައިން ޝައްކުވާ އަންހެނުން މަރާލައި އަދި ބަޔެއް ފަހަރަށް އޮރިޔާން ކުރުމަށްފަހު ގަންހިންގާ ހަދައެވެ. މިކަން ހުއްޓުވުމަށްޓަކައި 2005 ވަނަ ޤަވާއިދެއް ހަދާފައިވީ ކަމުގައި ވީނަމަވެސް މިކަމަށް އެއްވެސް ހައްލެއް ނާދެއެވެ. މި ޝަހަރުގެ ޤަބީލީ ސަރަހައްދުގައި ޢާންމުވެފައިވާ މިޖަރީމާ ގިނަފަހަރަށް ރިޕޯޓުވެސް ނުކުރެއެވެ.

1 comments:

ދޮންބެ. ތިބުނާ ސާމަރާ ލައިވުގެ ރިޕޯޓަރަކީ ކާކުތަ؟

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments