• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ޑެންގީހުމާ ބެހޭގޮތުން މައުލޫމާތު ދިނުން މާދަމާ ނ.ލަންދޫ ސުކޫލް އެސެންބުލީގައި އޮންނާނެ

Posted by faradays on Saturday, July 02, 2011 No comments

dengue-mosquito-manadhoolive.com
ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަހުމަދު އީސާއާއި ލަންދޫ ކައުންސިލް އިދާރާއާއި ލަންދޫ ޞިއްހީމަރުކަޒާއި ލަންދޫ ސުކޫލު އެކަތިގަނޑަކަށް ވެގެން  މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ  ޑެންގޫ ހުމާ ދެކޮޅަށް ހިންގޭ ހަރަކާތް ތަކުގެ ތެރެއިން މި ބައްޔާ ބެހޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުން މާދަމާ ހެނދުނު ނ.ލަންދޫ ސުކޫލު އެސެންބްލީގައި އޮންނާނެއެވެ.

މި އެސެންބްލީ ފެށޭގަޑިއަކީ މާދަމާ 6:45 އެވެ. ޑެންގޫ ހުމާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ ލަންދޫ ކައުންސިލް އިދާރާގެ ތަޖުރިބާކާރު ޕަބުލިކު ހެލުތު އޮފިސަރ ހައްވާ ދާއުދެވެ..މި ދުވަސްވަރަކީ ޑެންގޫހުން މުޅި ރާއްޖޭގައި އާންމުވެފައިވާ ދުވަސްވަރެކެވެ. އަދި މިފަދަ މައުލޫމާތު ތަކަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް ނުހަނު މުހިންމު އަދި މުޅި މުޖުތަމައު މި ބަލިން ރައްކާތެރިވުމަށް ބޭނުންތެރި މައުލޫމާތަކަށް ވާނެއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments