ކުރީގެ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމަކީ ދިވެހި ޤައުމަށް ޖެހިފައި އޮތް ބައްޔެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ނައިބު ރައީސް ވިދާޅުވެއްޖެއެވެ.
ރޭ ދިޓީވީ ގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ މަޢުމޫނުގެ ތިރީސް އަހަރުގެ ވެރިކަން ނިމިއްޖެކަން އެމަނިކުފާނު ޤަބޫލު ކުރައްވަން ވެއްޖެ ކަމަށާއި ޑީއާރްޕީވެސް އަތުން ބީވެ ހިނގައްޖެ ކަމަށް ޤަބޫލު ކުރައްވަން ވެއްޖެ ކަމަށެވެ.
ޑީއާރްޕީގެ އަސާސީ ޤަވާޢިދު ޤަބޫލު ނުކޮށް ޒެޑް ފެކްޝަންގެ ނަމުގައި ޙަރަކާތްތެރި ވަމުން ގެންދަވާ ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނިސްބަތްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ ރޮކެޓް ސައިންޓިސްޓުންނަށް ޒެޑް ފެކްޝަންގެ ބޭފުޅުން ބަދަލުވީ ނޫންކަމަށާއި 30 އަހަރުން ނުވި ކަމެއް ދެން ނުވާނެ ކަމަށެވެ. "ތިރީސް އަހަރު އިނަފް އޭ އިނގޭތޯ." އަލްހާންގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.
އަލްހާންގެ ވާހަކައިގައި މިހާރު މަޖިލީހުގެ ޖަލްސާތައް ޒެޑް ފެކްޝަންގެ ބޭފުޅުން ހުއްޓުވަމުން އެގެންދަވަނީ މަޢުމޫން އަޑީގައި ހުންނަވައިގެން ދައުލަތާއި ދެކޮޅަށް ހިންގަވާ ޣައިރު ޤާނޫނީ ބަޣާވާތެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ