ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް

ސުއާލު
ރަމަޟާން މަހުގައި މައްސަރުކަންތައް ޖެހުން މަނާކުރާ ބޭސް، ބައެއް އަންހެނުން ބޭނުންކުރެ އެވެ. އެއީ، ރަމަޟާން މަހަށްފަހު ޤަޟާކުރަން ޖެހޭ ރޯދައެއް ނުބޭއްވުމުގެ ބޭނުމުގަ އެވެ. ފަހެ، އެކަމަށްޓަކައި އަންހެނުން އެ ބޭސް ކެއުމަކީ ހުއްދަކަމެއްތޯ އެވެ؟
ޖަވާބު
ތިޔަ ކަމާމެދު ބުނެވެން އޮތީ، ރަމަޟާން މަހު ރޯދަ ހިފުމަށްޓަކައި، ތިޔަ ބޭސް ނުކެއުމަށެވެ. އަދި މާތް ﷲ، އާދަމުގެފާނުގެ އަންހެން ދަރީންނަށް މިންވަރުކުރެއްވި ގޮތުގެ މަތީގައި ދެމިތިބުމަށެވެ. ފަހެ، މާތް ﷲ، މައްސަރު ކަންތައް ލެއްވުމުގައި އަންހެނުންގެ ޠަބީޢަތާ މުނާސިބުވެގެންވާ ޙިކުމަތެއް ވެއެވެ. އަންހެނަކު، މައްސަރު ކަންތައް ޖެހުމުން މަނާވެގެންފިނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، އޭނާގެ ހަށިގަނޑުގައި ގެއްލުން ދެނިވި ރައްދު ފިޢުލެއް (ރިއެކްޝަނެއް) އުފެދޭނެއެވެ. ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެ އެވެ.
(لاَ ضَرَرَ وَلاَ ضِرَارَ)
ރިވާކުރެއްވީ: އިބްނު މާޖާ، އަލްބައިހަޤީ.
މާނައީ، "ތިމާ އަމިއްލައަށް ގެއްލުން ލިބިގަތުމެއް ނެތެވެ. އަދި އަނެކުންނަށް ގެއްލުން ދިނުމެއް ވެސް ނެތެވެ."
މައްސަރު ކަންތައް މަނާކުރާ ބޭހަކީ، އަންހެނާގެ ރަޙިމަށް ގެއްލުން ދެނިވި އެއްޗެއްކަން، ޑަކުޓަރުން ވަނީ ހާމަކޮށްފަ އެވެ.
ސުއާލު ކުރެއްވި މައްސަލައިގައި، އަންހެނުންނަށް މޮޅުއިތުރުވެގެންވަނީ، އެ ބޭސް ބޭނުން ނުކޮށް ރަމަޟާން މަހުގެ ރޯދަ ހިފަމުން ގެންދިއުމެވެ. ރަމަޟާން މަހުގައި މައްސަރުކަންތައް ޖެހިއްޖެނަމަ، އެކަމުގައި ހޭދަވާ ދުވަސްތަކުގެ ރޯދައާއި ނަމާދު ދޫކޮށްލާނީ އެވެ. ރަމަޟާން މަހުގައި މައްސަރު ކަންތަކުގެ ދުވަސްތައް ނިމި، ޠާހިރުވެއްޖެނަމަ، ރޯދަ ހިފުން ކުރިޔަށް ގެންދާނީ އެވެ. އަދި ރަމަޟާން މަސް ނިމުމުން، ފާއިތުވި ރޯދަ ޤަޟާކުރާނީއެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ