• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

"ޗައިލްޑް އެބިއުސް" - ނުހަމަ ގޮތުގައި ކުދިންގެ ބޭނުންހިފުން ނުވަތަ ކުރުން

Posted by faradays on Wednesday, July 13, 2011 No comments

"ޗައިލްޑް އެބިއުސް (ނުހަމަ ގޮތުގައި ކުދިންގެ ބޭނުންހިފުން ނުވަތަ ކުރުން)" މިހެން ބުނުމުން އެއީ ކޯއްޗެއްކަން ނޭނގޭ އެކަކުވެސް ނުހުންނާނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެ ވަބާ މިގައުމުގައި ބޮޑުވެފައި މިވަނީ އެހާވެސް ބޮޑަށެވެ. މި ވާހަކަތައް އަޑު އިވި އިވި އަޅުގަނޑު ވެސް މިކަމުގެ ކުޑަ މަޢުލޫމާތު ކޮޅެއް ހިއްސާ ކޮލަން ގަސްތު ކޮލީމެވެ. މިކަމަކީ ކޮބައިކަމާއި މިކަމުގެ ހުރި ނުރައްކާތެރި ކަމުގެ މަޢުލޫމާތެވެ.
ފުރަތަމަ "ޗައިލްޑް އެބިއުސް" (ނުހަމަ ގޮތުގައި ކުދިންގެ ބޭނުންހިފުން ނުވަތަ ކުރުން) އޭ ބުނުމުން ހިތައް އަރާނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާތަކެއް ކުރީކަމަށެވެ. ނަމަވެސް "ޗައިލްޑް އެބިއުސް" އަކީ ހަމައެކަނި ޖިންސީގޯނާ ކުރުމެއް ނޫނެވެ. "ޗައިލްޑް އެބިއުސް" ގެ އެތައް ގޮތެއް ހިމެނޭ ކަމަށް ބުނުމުން ގިނަބަޔަކު ހައިރާން ވުން ވެސް އެކަށީގެން ވެއެވެ. ނަމަވެސް ހަގީގަތަކީ މިއީ އެވެ.
އެންމެ ފުރަތަމަ "ޗައިލްޑް އެބިއުސް" ގެ ދަށައް އަންނަ ބަޔަކީ ޒަރޫރީބޭނުން ތަކުން ހަމަ ގަސްތުގައި މަހުރޫމް ކޮލާފައި ތިބޭ ކުދިންނެވެ. މިފަދަ ކުދިންނަކީ އެކުދިންނަށް އެއްވެސް ކަމެއް އަމިއްލައަށް ނުކުރެވޭ ވަރުގެ ކުޑަކުދިންނެވެ. މިސާލަކަށް އެކުދިން ސުކޫލަށް ދިޔުމުން މަހުރޫމް ކޮލުން، ބޭސް ފަރުވާއިން މަހުރޫމް ކޮށްލުން، މި ފަދަ ކަންކަން އަންނަނީ "ޗައިލްޑް އެބިއުސް" ގެ ދަށުން އެންމެ ފުރަތަމައެވެ.
ދެން އަންނަ ބަޔަކީ ޖިސްމާނީ ގެޮތުން ކުޑަ ކުދިންނަށް ދެވޭ އަނިޔާއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށް ކަމާބެހޭ ވަރަށް ގިނަ މާހިރުން ގަބޫލު ކުރެއެވެ. ސަބަބަކަށް ވަނީ ޖިސްމާނީ ގޮތުން ދެވޭ އަނިޔާގެ ލަކުނުތަށް ފަލައިގެން ދިޔަނަމަވެސް އެ އަނިޔާގެ އަސަރު މުޅިއުމުރަށް ދެމިގެންދިޔުމެވެ. ޖިސްމާނީ ގޮތުން އަނިޔާ ލިބޭ ގިނަ ކުޑަ ކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވަރަށް ކުޑަ ކަމީ ހުރިހާ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. އަދި މި ގޮތަށް އަނިޔާ ލިބިފަ ތިބޭ ކުދިން މުޖުތަމަޢުގައި އުޅޭ އިރުވެސް ކަންކަން ކުރުމުގައި ފަސްޖެހެއެވެ.
ނަފުސާނީ ގޮތުން ކުޑަކުދިންނަށް ކުރެވޭ އަނިޔާއަކީވެސް ވަކި ނުރައްކާތެރިކަން ކުޑަ އެއްޗެއް ނޫނެވެ. ގިނަފަހަރަށް ގަބޫލު ކުރެވިފައި އޮންނަނީ ނަފުސާނީގޮތުން ކުރެވޭ އަނިޔާ އަކީ ކުޑަ ކުދިންނާ ދިމާއައް ކަންކަމުގައި ބެވުމުން ލިބޭ އަނިޔާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މުޅިންތަފާތު އެއްޗެކެވެ. ކުއްޖާޔާ ދިމައައް ބުނެވޭ ވަރަށް ކުޑަ އެއްޗަކުންވެސް އެކުއްޖާއައް ނަފުސާނީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެއެވެ. މިސާލަކަށް ކުޑަ ކުއްޖާގެ މަންމަ ކުއްޖާ ގާތުގައި މަންމަ ކަނޑަށް އެރި މަރުވާން ދާންކަމަށް ބުނުމުން އެކުއްޖާގެ ހިތުގެ ތެރޭގައި އުފެދޭ މަންމަ ގެއްލުމުގެ ބިރުވެތިކަން ވަރަށް ގިނަ ދުވަސް ތަކަކަށްވެސް ދެމިގެން ހިގައި ދާނެއެވެ. މިއީވެސް "ޗައިލްޑް އެބިއުސް" ގެ ދަށުން އަންނަ ބައެކެވެ.
ޚުލާޞާއަކީ "ޗައިލްޑް އެބިއުސް" އަކީ ހަމައެކަނި ޖިންސީ ގޯނާއެއް ކުރުމެއް ނޫނެވެ. ނަމަވެސް ކުޑަ ކުއްޖަކަށް ކުރެވޭ ހުރިހާ ވައްތަރެއްގެ އަނިޔާވެސް ވަނީ ހަމަ "ޗައިލްޑް އެބިއުސް" އަކަށެވެ. މާދަމާގެ ޒުވާނުންނަށްޓަކައި މިއަދުގެ ކުޑަ ކުދިން ސަލާމަތް ކުރުމަކީ އެންމެންގެ ވާޖިބަކަށް ހެދުމަކީ އަދު ދިވެހި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ މުހިންމު ވާޖިބެއްކަމުގައި ދެކެމާތޯއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments