އޭ އުޚުތާ އެވެ! އިބްލީހުގެ ވަސްވާހަށް ހެއްލިގެން ނުދާށެވެ!
ބުރުގާއަކީ، މަންނާނުވަންތަ ރަސްކަލާނގެ ކަނޑައަޅުއްވާފައިވާ އެއްޗެކެވެ.
އަހަރެމެންގެ އުޚުތާ އެވެ! ހައިރާންކުރުވަނިވި ވާހަކައެއް އަޑުއިވިއްޖެ އެވެ.
އެމީހުން ބުނަނީ، ބުރުގާއާމެދު ހިތްހަމަޖެހުން ލިއްބައިދޭނެ ހެޔޮ ބަސްތަކެއް ނޫނެވެ.
އެމީހުން ބުނެ އެވެ. ބުރުގާއަކީ، ހެދުންތަކުގެ ތެރެއިން އަނދިރިކަން ގަދަ ހެދުމެކެވެ.
އެމީހުން ބުނެ އެވެ. ބުރުގާއަކީ، ކަނދުރާތަކުގައި ޖަހާ ފޭލިގެއެކެވެ.
އަންހެން ކުދިން މިނިވަންކުރުމުގެ ނަމުގައި އެމީހުން އަޑުއުފުލައި ފޮތްލިޔެ އެވެ.
ފިރިހެން ކުދިން ޝައުޤުވެރިވާނެހެން، އެމީހުން އަންހެން ކުދިން ބަރަހަނާކުރެ އެވެ.
އޭ އުޚުތާ އެވެ! އެއީ ހަސަދަވެރި މިނިކާވަގުންގެ ނުބައި ޢަމަލުތަކެކެވެ.
އަނިޔާވެރިންނަށް އޮތް އަޒާބެއްގެ ގޮތުގައި އެމީހުން ދެމިތިބޭނެ ތަނަކީ ނަރަކަ އެވެ.
ހިސާބުބައްލަވާ ދުވަހު، މާތް ﷲ އެމީހުންގެ އަނިޔާވެރިކަން ކަޝްފުކުރައްވާނެތެވެ.
ހެޔޮ ޢަމަލުތައް ކުޅަ މީހުން ދެމިތިބޭނެ ތަނަކީ، ސުވަރުގޭގެ ޖަންނަތުލް މައުވާ އެވެ.
ޓިއުނީޝިއާގެ ޓީވީ ޗެނަލަކުން ގެނެސްދިން މި ލަވަ އަޑުއެހި ކޮންމެ މީހަކު މިލަވަ ރީތިވެގެން އުޅެ އެވެ. މިޞްރުގެ ޒުވާނަކު ބުނެފައިވެ އެވެ. "މިލަވަ ކިޔާފައިވާ ޒުވާނާއަކީ، މިޒަމާނުގެ މުސްލިމު ޒުވާނުންނަށް ރަނގަޅު ނަމޫނާއެކެވެ."
ޔޫކާ ބުނެފައިވެ އެވެ. "ބިސްމިއްލާހި، މާޝާއަ ﷲ، ﷲ އަކުބަރު، މި ލަވަ ކީ ޒުވާނާއަށް މާތް ﷲ ބަރަކާތް ލައްވާށި އެވެ! ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އޭނާ ޙިމާޔަތްކުރައްވާށި އެވެ!"
ފަޖުރުލް އިސްލާމް ބުނެފައިވެ އެވެ. "މިލަވަ އަޑުއިވުމުން އަތްތިލަބަޑި ޖެހުމަކީ މުހިންމު ކަމެއް ނޫނެވެ. މުސްލިމު އަންހެން ކުދިންނޭވެ! މުހިންމީ މިލަވައިގައި އެކުލެވޭ މާނަ ތިޔަ ކުދީންގެ ހިތްތަކަށް ވާޞިލުވުމެވެ. ކީރިތި ރައްބު، ތިޔަކުދިންނަށް ބަރަކާތް ލައްވާށި އެވެ! ޔާރައްބު!"







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ