ޢަރަބީން: ފަލަވުން، ދޮންވުން
ޢަރަބީންނަކީ، ރީތި އަންހެން ކުދިންނަށް ލޯބިކުރާ ބަޔެކެވެ. އެމީހުންގެ ގާތުގައި އަންހެން ކުއްޖަކު ރީތިވާ އެންމެ މުހިންމު ދެ ސިފައަކީ، ފަލަވުމާއި ދޮންވުމެވެ. އެއާއެކު، ނޭފަތުގެ ބައްޓަން ރީތިވުން، ލޯ ބޮޑުވުން، އަނދުން އެޅުން، ކަރު ދިގުވެފައި ދޮންވުން، ހަށިގަނޑުގެ ވަނާތައް ފާޅުވާ ގޮތަށް ފަލަވުން، އިސްތަށިގަނޑު ކަޅުވުން ފަދަ ކަންތައް ވެސް ހިމެނެ އެވެ. ޢަރަބީން ރީތިކަމަށް ދެކޭ މިސިފަތަކުގެ ތެރެއިން ފަލަވުން ފިޔަވައި އެހެން ސިފަތަކުގައި ހިންދީންނާއި އީރާނީން ވެސް ބައިވެރިވެ އެވެ. އެ ދެ ގައުމުގެ މީހުންގެ ގާތުގައި، ރީތި އަންހެން ކުދިންނަކީ އިސްކޮޅާއި ރޫފަ ހަމަވާ، ބުރުސޫރަ ރީތި، ހިކިތޮޅި އަންހެން ކުދިންނެވެ
ހުޅަނގު: އިސްކޮޅުން ދިގުވުން
ހުޅަނގުގެ މީހުންގެ ނަޒަރުގައި އަންހެން ކުއްޖަކު ރީތިވާ އެންމެ މުހިންމު ސިފައަކީ އިސްކޮޅުން ދިގުވުމެވެ. ދެން ދޮންކުލައިގެ އިސްތަށިގަނޑެވެ. ހުޅަނގުގެ މީހުން، ކަޅު އިސްތަށިގަނޑަށާއި، ހަން އޮމާންވެފައި ކުލަ ކަޅުވުމަށާއި، ހަށިގަނޑު ހިކިތޮޅިވުމަށާއި، ބާމަތި ފުޅާވުމަށާއި، ދެ ތުންފަތް ފުފިފައިވުމަށް ވެސް ލޯބިކުރެ އެވެ
ޖަޕާން: ފައިތިލަ ކުޑަވުން
ޖަޕާނު މީހުންގެ ގާތުގައި ރީތި އަންހެން ކުދިންނަކީ، ލަޠީފީ އަންހެން ކުދިންނެވެ. ހަމުގެ ކުލަ ދޮން، ކަރު ދޮން، ހަމަހިމޭން އަންހެން ކުދިންނެވެ. ފައިތިލަ ކުޑަ، ފިޔަވަޅުތައް ކައިރީގައި އަޅަމުން ހިނގާ އަންހެން ކުދިންނެވެ. އެގޮތަށް ހިނގާފައިދާއިރު ކޮރެއް ޖަހާހެން ހީވާނެ އެވެ. ޖަޕާނު މީހުންނަކީ އަންހެން ކުދިން އިސްކޮޅުން ދިގުވުމަށް ލޯބިކުރާ ބަޔެއް ނޫނެވެ. އެމީހުންގެ ނަޒަރުގައި އަންހެން ކުއްޖަކު އިސްކޮޅުން ދިގުވުމަކީ ހުތުރު ކަމެކެވެ
ރެޑްއިންޑިއަނުން: ވަސްމީރުވުން
ރެޑްއިންޑިއަނުން ފަދަ ބައެއް އުންމަތްތަކުގެ މީހުން އިސްކަން ދެނީ، އަންހެން ކުދިންގެ ގައިން ދުވާ ވަހަށެވެ. ޚާއްޞަކޮށް އިސްތަށިގަނޑާއި އަނގައިން ދުވާ ވަހަށެވެ. މިހެންވެ ހަށިގަނޑުގެ ވަސްމީރުކޮށްދޭ ތަކެތި އެމީހުންގެ އަންހެން ކުދީން ބޭނުންކުރެ އެވެ. އިންނަން ގަސްދުކުރާ އަންހެން ކުއްޖާގެ އަނގައިގެ ވަސްބެލުމަކީ އެމީހުންގެ އާދައެކެވެ. އެކަން ކުރަން ޚާއްޞަ ބަޔަކު ވެސް އެމީހުންގެ ތެރޭގައި އުޅެ އެވެ.
އެފްރިކާ: ތަލަ ބޯ
އެފްރިކާގެ ބައެއް ގަބީލާތަކުގެ މީހުންނަށް ރީތިވަނީ، އަންހެން ކުދިންގެ ބޯ ތަލަވުމުންނެވެ. އަންހެން ކުދިންގެ އިސްތަށިގަނޑު ދިގުވުމަކީ ރީތި ކަމެއް ކަމަކަށް އެމީހުންނަކު ނުދެކެ އެވެ. އަންހެން ކުދިން ރީތިކުރުމުގެ ގޮތުން، އެކުދިންގެ ބޯ ބޭލުމަކީ އެމީހުންގެ އާދައެކެވެ.... އެއާއެކު، އަންހެން ކުދިންގެ ކުލަ ކަޅުވުމަކީ ވެސް އެމީހުން ލޯބިކުރާ ކަމެކެވެ. އެމީހުންގެ ނަޒަރަކުގައި، ކުލަ ކަޅުވުމަކީ، ހަމައެކަނި ރީތި ސިފައެއް ނޫނެވެ. އޭގެ އިތުރުން އެއީ ނަސަބުގެ ގޮތުން ވެސް އޭނާގެ ސާފުކަން ބަޔާންވާ ކަމެކެވެ. އަދި އަންހެން ކުދިން ފަލަވުމަށް ވެސް އެމީހުން ލޯބިކުރެ އެވެ
ޓިބެޓް: ކަރުދިގުވުން
ޓިބެޓާއި، މޮންގޯލިއާގެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ގަބީލާތަކުގެ މީހުންގެ ގާތުގައި، ރީތި އަންހެން ކުދިންނަކީ، ކަރުދިގު އަންހެނުންނެވެ. މިހެންވެ، ރިންގު އަޅައިގެން އެމީހުން އަންހެން ކުދިންގެ ކަރު ދިގުކުރެ އެވެ. ކަރު ދިގުވާވަރަކަށް އަންހެން ކުއްޖެއްގެ ރީތިކަން އިތުރުވާ ކަމަށް އެމީހުން ދެކެ އެވެ.
ސޫދާން: މޫނުގައި ރޮނގު އެޅުން
ސޫދާނުގެ ދެކުނާއި އެފްރިކާގެ ބައެއް ގަބީލާތަކުގެ މީހުން، އަންހެން ކުދިންގެ މޫނުގައި، ވަކި އަޅާފައި ހުންނަ ގޮތަށް ރޮނގު އަޅަ އެވެ. އެއީ މޫނު ޒަޚަމްކޮށްލައިގެން ކުރާ ކަމެކެވެ
ދިވެހިން: އެއިރަކު އޮތް ފެޝަނަކާ ތަބާވުން
ދިވެހި ސަގާފަތުގައި ވެސް ރީތި އަންހެން ކުދިންގެ ސިފަތަކެއް ވެ އެވެ. އެއީ، ކުރަނގިދެލޮލާއި، އިހިކަނދުރާ އާއި، ހިތިފަތުބުމަ އާއި، ގިއުޅުއަތުކުރި އާއި، ޝިކާރަމަތީ ކުއްތާގެ ބަނޑު ކަހަލަ ބަނޑާއި، ތުނިޔަނިޔަފައްޗާއި، އަންނާރުއޮށުދަތްޕިލާ އެވެ. ނަމަވެސް މިހާރު ދިވެހި އަންހެން ކުދިން ރީތި ވުމަށްޓަކައި ކުރާކަމަކީ، އެއިރަކު އޮންނަ ފެޝަނަކާ ތަބާވުން ކަމަށް ބެލެވެ އެވެ .

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ