• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ލޭބޯ އަންހެނާ ނުވަތަ އިބްލީހުގެ އަނބިމީހާ

Posted by faradays on Saturday, July 30, 2011 No comments


މާރިޔާ ޚޫސިއާ ކްރިސްތީރްނާ (Maria Jose Cristerna) އަކީ، ސިފަ ބަދަލުކޮށްގެން އުޅޭ އަންހެނެކެވެ. މީހުން އޭނާއަށް ކިޔަނީ "އިބްލީހުގެ އަނބިމީހާ" އެވެ. އެއީ އޭނާގެ ސިފަ ބިރުވެރިކަމުންނެވެ. އޭނާއަކީ، މެކްސިކޯ ގެ އަންހެނެކެވެ. ހަތަރު ކުދިންގެ މަންމައެކެވެ. އޭނާ ސިފަ ބަދަލުކުރީ، ލޭބޯމީހެއް (Vampire) ގެ ސިފަޖެހުމަށްޓަކައި ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް ފިރިމީހާއާއި ދަރިންނާއެކު އޭނާ ދިރިއުޅެނީ އާދައިގެ ދިރިއުޅުމެއް ކަމަށް ވެސް ބުނެ އެވެ.

މާރިޔާ ޚޫސިއާ އަކީ، ޓެޓޫ އާޓިސްޓެކެވެ. އުމުރަކީ 35 އަހަރެވެ. އޭނާ ބުނާ ގޮތުގައި، ލޭބޯމީހެއްގެ ސިފައަށް ސިފަބަދަލުކުރީ، އޭނާއާ ކުރިމަތިވި އާއިލީ މައްސަލަތަކަށްފަހު، ބާރުލިބިގަތުމަށްޓަކަ އެވެ. އޭނާގެ ގައިގައި ޖަހާފައިވާ ޓެޓޫތަކަކީ، އޭނާގެ ޙަޔާތުގެ ތާރީޚު ކިޔައިދޭ ޞަފުޙާތަކެކެވެ. އެންމެ ފުރަތަމަ އޭނާގެ ގައިގައި ޓެޓޫއެއް ޖެހީ، އުމުރުން 14 (ސާދަ) އަހަރުގަ އެވެ. އެއަށްފަހު ޓެޓޫތައް ޖަހަމުން ގޮސް މިހާރު މުޅި ހަށިގަނޑު ވަނީ ޓެޓޫތަކުން ފުރިފަ އެވެ. އޭނާއަކީ، ލޭބޯމީހެއްގެ ސިފައަށް ބަދަލުވި ފުރަތަމަ އަންހެނާ އެވެ.

އެންމެފަހުން އޭނާވަނީ ބޮލުގައި ދެ ދަޅުވެސް ޖަހާފަ އެވެ. އަދި އިތުރު ދަޅުތައް ޖެހުމަށް އޭނާ ވަނީ ގަސްދުކޮށްފަ އެވެ. އޭނާގެ އަނގައިގައި ތޫނު ފޭރާ ދަތް ވެސް ވެ އެވެ. އެ ދަތްތައް ޖެހީ، ކުޑައިރުއްސުރެ ލޭބޯމީހެއްގެ ސިފައަށް ބަދަލުވާހިތްވާތީ ކަމަށް ބުނެފައިވެ އެވެ. އޭނާގެ މޫނުގެ އެކި ތަންތާނގައި މަޢުދަނުން ހަދާފައިވާ ބޮޅުތައް ވެސް ލާފައިވެ އެވެ. ނުހަނު ބިރުވެރި ސިފައެއްގައި ފެންނަ މާރިޔާ ބުނަނީ، އަދިވެސް އޭނާގެ ސިފަ ފުރިހަމަ ނުވާ ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ ސިފަ އިތުރަށް ބިރުވެރިވެގެން ދާނެކަން ވަނީ ހާމަކޮށްފަ އެވެ.

ބައެއް މީހުން މާރިޔާއަށް ކިޔަނީ، އިބްލީހުގެ އަނބިމީހާ އެވެ. ބައެއް މީހުން އޭނާއަށް ކިޔަނީ، އިފުރީތުގެ އަނބިމީހާ އެވެ. ނަމަވެސް މިއިން އެއްވެސް ނަމަކަށް ނިސްބަތްވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އަދި މީހުން ކިޔާއެއްޗަކާމެދު އަޅައެއްވެސް ނުލަ އެވެ. މިކަމާމެދު، އޭނާ ބުނެފައިވަނީ، "އަސްލުގައި ތިމަންނާއަކީ، އިބްލީހެއް ވާކަމަށް އީމާންވާ މީހަކީމެއް ނޫނެވެ. އެހެންވީމާ، މީހުން ކިޔާނެ އެއްޗެއް ކިޔަސް ވަރިހަމަ އެވެ."މާރިޔާ ޚޫސިއާ ކްރިސްތީރްނާ (Maria Jose Cristerna) އަކީ، ސިފަ ބަދަލުކޮށްގެން އުޅޭ އަންހެނެކެވެ. މީހުން އޭނާއަށް ކިޔަނީ "އިބްލީހުގެ އަނބިމީހާ" އެވެ. އެއީ އޭނާގެ ސިފަ ބިރުވެރިކަމުންނެވެ. އޭނާއަކީ، މެކްސިކޯ ގެ އަންހެނެކެވެ. ހަތަރު ކުދިންގެ މަންމައެކެވެ. އޭނާ ސިފަ ބަދަލުކުރީ، ލޭބޯމީހެއް (Vampire) ގެ ސިފަޖެހުމަށްޓަކައި ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް ފިރިމީހާއާއި ދަރިންނާއެކު އޭނާ ދިރިއުޅެނީ އާދައިގެ ދިރިއުޅުމެއް ކަމަށް ވެސް ބުނެ އެވެ.

މާރިޔާ ޚޫސިއާ އަކީ، ޓެޓޫ އާޓިސްޓެކެވެ. އުމުރަކީ 35 އަހަރެވެ. އޭނާ ބުނާ ގޮތުގައި، ލޭބޯމީހެއްގެ ސިފައަށް ސިފަބަދަލުކުރީ، އޭނާއާ ކުރިމަތިވި އާއިލީ މައްސަލަތަކަށްފަހު، ބާރުލިބިގަތުމަށްޓަކަ އެވެ. އޭނާގެ ގައިގައި ޖަހާފައިވާ ޓެޓޫތަކަކީ، އޭނާގެ ޙަޔާތުގެ ތާރީޚު ކިޔައިދޭ ޞަފުޙާތަކެކެވެ. އެންމެ ފުރަތަމަ އޭނާގެ ގައިގައި ޓެޓޫއެއް ޖެހީ، އުމުރުން 14 (ސާދަ) އަހަރުގަ އެވެ. އެއަށްފަހު ޓެޓޫތައް ޖަހަމުން ގޮސް މިހާރު މުޅި ހަށިގަނޑު ވަނީ ޓެޓޫތަކުން ފުރިފަ އެވެ. އޭނާއަކީ، ލޭބޯމީހެއްގެ ސިފައަށް ބަދަލުވި ފުރަތަމަ އަންހެނާ އެވެ.

އެންމެފަހުން އޭނާވަނީ ބޮލުގައި ދެ ދަޅުވެސް ޖަހާފަ އެވެ. އަދި އިތުރު ދަޅުތައް ޖެހުމަށް އޭނާ ވަނީ ގަސްދުކޮށްފަ އެވެ. އޭނާގެ އަނގައިގައި ތޫނު ފޭރާ ދަތް ވެސް ވެ އެވެ. އެ ދަތްތައް ޖެހީ، ކުޑައިރުއްސުރެ ލޭބޯމީހެއްގެ ސިފައަށް ބަދަލުވާހިތްވާތީ ކަމަށް ބުނެފައިވެ އެވެ. އޭނާގެ މޫނުގެ އެކި ތަންތާނގައި މަޢުދަނުން ހަދާފައިވާ ބޮޅުތައް ވެސް ލާފައިވެ އެވެ. ނުހަނު ބިރުވެރި ސިފައެއްގައި ފެންނަ މާރިޔާ ބުނަނީ، އަދިވެސް އޭނާގެ ސިފަ ފުރިހަމަ ނުވާ ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ ސިފަ އިތުރަށް ބިރުވެރިވެގެން ދާނެކަން ވަނީ ހާމަކޮށްފަ އެވެ.

ބައެއް މީހުން މާރިޔާއަށް ކިޔަނީ، އިބްލީހުގެ އަނބިމީހާ އެވެ. ބައެއް މީހުން އޭނާއަށް ކިޔަނީ، އިފުރީތުގެ އަނބިމީހާ އެވެ. ނަމަވެސް މިއިން އެއްވެސް ނަމަކަށް ނިސްބަތްވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އަދި މީހުން ކިޔާއެއްޗަކާމެދު އަޅައެއްވެސް ނުލަ އެވެ. މިކަމާމެދު، އޭނާ ބުނެފައިވަނީ، "އަސްލުގައި ތިމަންނާއަކީ، އިބްލީހެއް ވާކަމަށް އީމާންވާ މީހަކީމެއް ނޫނެވެ. އެހެންވީމާ، މީހުން ކިޔާނެ އެއްޗެއް ކިޔަސް ވަރިހަމަ އެވެ
."

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments