• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ދުނިޔޭގެ އެންމެ ދުވަސްވީ ބައްޕަ

Posted by faradays on Monday, July 11, 2011 No comments


ޖޯޑީއާއި އޭނާގެ އުމުރުން 90 އަހަރުގައި ލިބުނު އަންހެން ދަރިފުޅު / ފޮޓޯ:މެއިލް


 މި އުމުރުގެ ފިރިހެނަކަށް ދަރިއަކު ލިބިދާނެ ހެއްޔެވެ؟ އާއެކެވެ. އެކަންވަނީ ހިނގާފައެވެ. 2007 ވަނަ އަހަރުގެ އޯގަސްޓްމަހު އިންޑިއާގެ ދަނޑުވެރިއަކު އޭނާގެ ދެ ހަފުތާގެ އަންހެން ދަރިފުޅު މިޑިއާއަށް ދައްކާލިއެވެ. އެ ފިރިހެން މީހާގެ ނަމަކީ ނާނު ރާމް ޖޯޑީއެވެ. އޭނާ 21 ވަނަ ދަރިފުޅުގެ ނަމަކީ ގިރިޖާ ރާޖުކުމާރީއެވެ.
އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ނާނު ރާމް ޖޯޑީ އަށް މި ދަރިފުޅު ލިބުނީ އޭނާގެ ހަތަރުވަނަ އަނބިމީހާގެ ފަރާތުންނެވެ. ނާނު ރާމް ޖޯޑީއަކީ އޭނާގެ ދަރިންގެ އަދަދު 100 އަށް އަރުވަން މަސައްކަތްކުރާ މީހެކެވެ. އެހެންނަމަވެސް  ޖޯޑީއަށް އޭނާގެ ހަތަރު އަނބިންގެ ފަރާތުން ލިބިފައިވަނީ 12 ފިރިހެން ކުދިންނާއި 9 އަންހެން ކުދިންނެވެ. އޭނާއަށް ލިބިފައިވަނީ 20 ކާފަ ދަރިންނެވެ. އަދިވެސް ދަރިން ގިނަ ކުރުމުގެ ވިސްނުމުގައި ހުރި ޖާޑީ އުންމީދު ދުލެއް ނުކުރެއެވެ.
" އަންހެންވެރިން އަހަރެންދެކެ ލޯބިވޭ" ޖޯޑީ ބުންޏެވެ. " އަހަރެން ބޭނުން ވަރަށްގިނަ ކުދިން. އަހަރެން ދަރިން ހޯދުން ހުއްޓާލާނީ 100 ހަމަކޮށްފަ"  ޖޯޑީ ބުނެފައިވެއެވެ. ޖޯޑީ ދެކޭގޮތުގައި އަދިވެސް އޭނާއަށް ކުދިން ލިބޭނެއެވެ. އޭނާ ދެކޭގޮތުގައި އެކަމުގެ ސިއްރަކީ އޭނާގެ ކެއުމުގައި އެއްގަމުމަހުގެ ބައިވަތްތައް ބޭނުންކުރުމެވެ. "އަހަރެން ހުރިހާ ބައިވަތްތަކެއްގެ އެއްގަމު މަސް ކައިހަދަން. މުސަޅު، ކުކުޅު އަދި އެކި ކަހަލަ މަސްކާ ޖަނަވާރުވެސް" އޭނާ ބުންޏެވެ.
ޖޯޑީއަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. އޭނާ ލިބުނީ ސިޓާ ޑެވީގެ ބަނޑުންނެވެ. އޭނާގެ ހަގު އަނތްބަކީ ސަބްރީއެވެ. އޭނާގެ ފަރާތުން ހަތްކުދިން ލިބިއްޖެއެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅު ޝިލްވް ލާލްވަނީ 90 އަހަރުގައި އޭނާއަށް ލިބުނު ދަރިފުޅު ލިބުމުގެ 10 އަހަރުކުރިން މަރުވެފައެވެ.
"އަހަރެންގެ ފިރިމީހާ މަރުވީމާ އަހަރެން ބޭނުމެއްނޫން ހުންނާކަށް. އެކަމަކު ނާނު ބުނި އަހަރެން ބަލައިދޭނަމޭ. މިހާރު އަހަރެންނަށް ހަތްކުދިން ލިބިއްޖެ" ޖޯޑީގެ އަނތްބަކު ބުންޏެވެ.
ޖޯޑީގެ ދަރިންނާއި ކާފަދަރިން ދިރިއުޅެމުންދަނީ އޭނާގެ ދެބުރިގެއާ ޖެހިގެންހުންނަ ހަގެއެއްގައެވެ. "އަހަރެން މިއުޅެނީ ވަރަށް ހަމަޖެހޭ ދިރިއުޅުމެއް. ބައިވަރު ކުދިންނާއި ކާފަދަރިންނާއެކު. އަހަރެން ކިހާ ޒުވާން" ޖޯޑީ ބުންޏެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments