• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މިހައި ހޫނުގަދަ ދުވަހެއްގައި ތިބާ ރޯދައަށް ހުންނަންވީ މިއަށްވުރެ ހޫނުގަދަ ދުވަހަކުން ސަލާމަތްވުމަށްޓަކަ އެވެ

Posted by faradays on Tuesday, August 02, 2011 No comments

ޙައްޖާޖު ބިން ޔޫސުފާ އެކު، މެންދުރުގެ ފަރީއްކޮޅުގައި ބައިވެރިވާނެ ފަޤީރަކު ހޯދައިދިނުމަށް އޭނާ އެދިވަޑައިގަތެވެ. އެއީ ވަރަށް ހޫނުގަދަ ދުވަހެކެވެ. ދެން އޭނާގެ ޚާދިމުން ފަޤީރަކު ފެނޭތޯ ހޯދަމުން ދަނިކޮށް ފެނުނު ފަޤީރު އަޢުރާބީންގެ މީހަކު އޭނާގެ އަރިހަށް ގެންދިޔަ އެވެ. (އަޢުރާބީންނަކީ ޢަރަބިކަރައިގެ ރަށްފުށު މީހުންނެވެ.) ޙައްޖާޖާއި އެ އަޢުރާބީއާ ދެމެދުގައި އެދުވަހު ހިނގި މުޙާވަރާއެއްގައި ވެ އެވެ.

ޙައްޖާޖު: ތިމަންމަނިކުފާނާ އެކު މިޖާފަތުގައި ބައިވެރިވެލަން އަންނާށެވެ!
އަޢުރާބީ: މަނިކުފާނަށްވުރެ މާ ދީލަތި ފަރާތަކުން ދެއްވި ދަޢުވަތަކަށް، އަޅުގަނޑު މިހިރީ އިޖާބަދީގެންނެވެ.

ޙައްޖާޖު: އެއީ ކޮން ފަރާތެއްހެއްޔެވެ؟
އަޢުރާބީ: އެއީ ގަދަ ކީރިތިވަންތަ މާތް ﷲ އެވެ. ރޯދަހިފުމަށް އެކަލާނގެ އެންވި އެވެ. އަޅުގަނޑު މިހުރީ މިއަދު ރޯދައަށެވެ.

ޙައްޖާޖު: މިހައި ހޫނުގަދަ ދުވަހެއްގައި ތިބާ ރޯދައަށް ހުންނަންވީ ކީއްވެހެއްޔެވެ؟
އަޢުރާބީ: މިއަށްވުރެ ހޫނުގަދަ ދުވަހަކުން ސަލާމަތްވުމަށްޓަކަ އެވެ.

ޙައްޖާޖު: މިއަދު މި ޖާފަތުގައި ބައިވެރިވެލާފައި، މާދަމާ ރޯދަހިފާށެވެ!
އަޢުރާބީ: އަޅުގަނޑު މާދަމާ ދުނިޔޭގައި ދިރި ހުންނާނެކަމަށް މަނިކުފާނު ޖާމިނުވެވަޑައިގެންފާނަންތޯ އެވެ؟

ޙައްޖާޖު: ތިބާ މާދަމާ ދުނިޔޭގައި ދިރި ހުންނާނެކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
އަޢުރާބީ: މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމެއްގައި އަޅުގަނޑު ވަކި ގޮތަކަށް ޢަމަލުކުރުމަށް ތިޔަ ވިދާޅުވަނީ ކީއްވެތޯ އެވެ؟

ޙައްޖާޖު: މި ޖާފަތުގައިވަނީ ވަރަށް މީރު ކާނާ އެވެ.
އަޢުރާބީ: ތިޔަ ކާނާ، މީރު އެއްޗެއް ކަމުގައި ހެދީ މަނިކުފާނަށް ފަރީއްކޮޅު ތައްޔާރުކޮށްދޭ މީހާއެއް ނޫނެވެ. އެކަމަކު ތިޔަ ކާނާގައި މީރުރަހަ ލެއްވީ ޚާލިޤުވަންތަ މާތްރަސްކަލާނގެ އެވެ.

ޙައްޖާޖު: ތިބާ ފަދަ ބުއްދިވެރިއަކު ދުވަހަކުވެސް ތިމަންނާ ދެކެވަޑައެއް ނުގަންނަވަމެވެ.

ދެން އެ އަޢުރާބީއާ މެދު އިތުރު ހެޔޮ ބަސްތައް ވިދާޅުވެ، އޭނާއަށް އިނާމެއް ދިނުމަށް ޙައްޖާޖު އެންގެވި އެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments