• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ސުވަރުގެ ކަށަވަރުވި ދެމަފިރިއެއް

Posted by faradays on Tuesday, August 02, 2011 No comments

އެއްދުވަހަކު، ޢިމްރާން ބިން ޙިއްޠާން، އޭނާގެ އަންހެނުންގެ ގާތަށް ދިޔަ އެވެ. އޭނާއަކީ، އިސްކޮޅުން ކުރު، ސިފަ ހުތުރު ފިރިހެނެކެވެ. އޭނާގެ އަންހެނުންނަކީ، ބުރުސޫރަ ރީތި ފަތްމިންޏެއް ފަދަ އަންހެނެކެވެ. އޭނާއަށް އޭނާގެ އަންހެނުން ފެނުމުން، އެސްފިޔަ ވެސް ޖަހާނުލައި، އަންހެނުންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ހުރިހައި ދުވަހަކަށްވުރެ، މިއަދު އޭނާގެ އަންހެނުންގެ ރީތިކަން އިތުރުވެއްޖެ ކަމަށް އޭނާއަށް ތަޞައްވުރުކުރެވުނެވެ.

އަންހެނުން: ތިހެން ބަލަހައްޓައިގެން ތިހުންނަނީ ކީއްވެގެން ހެއްޔެވެ؟
ޢިމްރާން: އަލްޙަމްދު ލިއްލާހި! މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަމެވެ. މިއަދު ތިބާ ހާދަހާ ރީއްޗެވެ!

އަންހެނުން: އުފާހުއްޓެވެ! އަހަރެމެން ދެމަފިރިންނަށް ސުވަރުގެ ކަށަވަރުވެއްޖެ އެވެ!
ޢިމްރާން: އެކަން ތިބާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟

އަންހެނުން: ބުރުސޫރަ ރީތި އަންހެނަކު ތިބާގެ އަނބިމީހާ ކަމުގައި ލެއްވީތީ، ތިބާ، މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކޮށް އެބަ ޝުކުރުވެރިވެ އެވެ. އެއީ އެކަލާނގެ ތިބާއަށް ދެއްވި ނިޢުމަތެކެވެ. ސިފަ ހުތުރު ފިރިހެނަކު ތިމަންނާގެ ފިރިމީހާ ކަމުގައި ލެއްވީތީ ތިމަންނާ އެކަމަށް އެބަ ކެތްކުރަމެވެ. މިއީ ތިމަންނާއާ ކުރިމަތިކުރެއްވި އިމްތިޙާނެކެވެ. ކެތްތެރިންނާއި، ޝުކުރުވެރިން ވަނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންނެވެ.
 

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments