ވިންދީ އިރެޕާ (Wendy Iriepa) އަކީ ކިއުބާގެ ރައްޔިތެކެވެ. އޭނާ ވަނީ، ފިރިހެން ޖިންސުން އަންހެން ޖިންސަށް، ޖިންސު ބަދަލުކޮށްފަ އެވެ. ފިޑެލް ކާސްޓްރޯގެ އުފަންދުވަހު، އޭނާއާ ކާވެނިކުރި ފިރިހެނަކީ، އިގނާސިއޯ އެސްތުރާދާ (Ignacio Estrada) އެވެ. މީނާއަކީ، އެއްޖިންސްގެ ފިރިހެނެކެވެ.
ވިންދީގެ އުމުރަކީ، 37 އަހަރެވެ. އޭނާގެ އައިޑީ ކާޑުގައިވަނީ، އޭނާއަކީ އަންހެނެއް ކަމަށެވެ. އޭނާގެ ފިރިމީހާ، އިގނާސިއޯ ގެ އުމުރަކީ، 31 އަހަރެވެ. އެ ދެ މީހުން ކާވެނިކުރީ 13 އޯގަސްޓް ވީ ހޮނިހިރު ދުވަހު އެވެ. އެއީ ފިޑެލް ކާސްޓްރޯގެ 85 ވަނަ އުފަން ދުވަހެވެ. އެ ދެ މީހުންގެ މިކާވެންޏަކީ، ކިއުބާގައި ކުރެވުނު މިބާވަތުގެ ފުރަތަމަ ކާވެންޏެވެ. މިފަދަ ސަބަބުތަކަށްޓަކައި، މި ކާވެނި ވެފައިވަނީ ކިއުބާގައި ކުރެވުނު ވަރަށް ތާރީޚީ ކާވެންޏެއް ކަމަށެވެ.
ވިންދީ، ޖިންސް ބަދަލުކޮށްފައިވަނީ، 2007 ވަނަ އަހަރުގަ އެވެ. ވިންދީ އާއި އިގނާސިއޯ ގެ ލޯބި ފެށިފައިވަނީ، އެންމެ ނަޒަރަކުންނެވެ. "ފުރަތަމަ ނަޒަރު، އެންމެ ޢިޝްޤީ އަސަރު" އެ ދެ މީހުންގެ ހިތް ގުޅުވައިލީ ލޯބީގެ ވަރުގަދަ ޗޭނަކުންނެވެ. އިގނާސިއޯ އަށް ވިންދީ ފެނުނީ، 13 މޭ 2011 ގަ އެވެ. އޭގެ ދެ ދުވަސްފަހުން، ވިންދީ އަށް އިގނާސިއޯ، ޑިނަރއަކަށް އިންވައިޓްކުރި އެވެ. އޭގެ އެއް ހަފުތާފަހުން އެދެމީހުން އެކުގައި ދިރިއުޅެން ފެށި އެވެ. އެ ދެ މީހުން ކާވެނިކުރީ، އޭގެ ތިންމަސް ފަހުންނެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ