ދުނިޔޭގައިވާ އެންމެ ނިޔަފަތި ދިގު އަންހެނަކީ، އެމެރިކާގެ ލަވަކިއުންތެރިއެއް ކަމަށްވާ އައްނަބީލާ ކްރިސް ވޮލްޓަން (Chris Walton) އެވެ. ގިނިސް ވަރލްޑް ރެކޯޑް ގެ 2012 ވަނަ އަހަރުގެ ފޮތުން އޭނާވަނީ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އޭނާއަކީ ލާސް ވީގަސް (Las Vegas) ސަހަރުގެ ރައްޔިތެކެވެ. އޭނާގެ އުމުރަކީ 45 އަހަރެވެ.
އައްނަބީލާ ކްރިސް ވޮލްޓަން ގެ ކަނާތުގެ ނިޔަފަތީގެ ދިގުމިނަކީ، 9 ފޫޓު 7 އިންޗި އެވެ. އޭނާގެ ވާތުގެ ނިޔަފަތީގެ ދިގުމިނަކީ، 10 ފޫޓު 2 އިންޗި އެވެ. ދެ އަތުގެ ނިޔަފަތީގެ ޖުމުލަ ދިގުމިނަކީ، 19 ފޫޓު 9 އިންޗި އެވެ. އެއީ ގާތްގަނޑަކަށް 600 ސެންޓިމީޓަރެވެ. ނުވަތަ 6 މީޓަރެވެ.
ކޮންމެވެސް ދުވަހަކުން ނިޔަފަތި ކަނޑަން ޖެހޭނެކަން، ނަބީލާ ވޮލްޓަން ގަބޫލުކުރެ އެވެ. ނަމަވެސް އޭނާ އެކަން ކުރާހިތެއް ނުވެ އެވެ. އެއީ ނިޔަފަތި ދިގުކުރުމަށް އޭނާ އާދަވެފައިވާތީ އެވެ.
ނަބީލާ ވޮލްޓަން އަކީ، 6 އަންހެން ކުދިންގެ މަންމައެކެވެ. އަދި 3 ކުދިންގެ މާމައެކެވެ. އޭނާއަށްވުރެ ކުރިން 2008 ވަނަ އަހަރު، ނިޔަފަތި ދިގުކުރުމުގެ ދުނިޔޭގެ ރެކޯޑް ލިބިފައިވާ އަންހެނަކީ، ރެޑްމަންޑް (Redmond) އެވެ. އެއީ ސޯލްޓް ލޭކް ސަހަރު (Salt Lake City) ގެ އަންހެނެކެވެ. އޭނާގެ ނިޔަފަތިތަކުގެ ޖުމުލަ ދިގުމިނަކީ، 883 ސެންޓިމީޓަރެވެ. އެއީ ގާތްގަނޑަކަށް 28 ފޫޓެވެ. 2009 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި އޭނާގެ ނިޔަފަތިތައް ވަނީ ހަލާކުވެފަ އެވެ. އެހެންކަމުން މިހާރު ދުނިޔޭގައިވާ އެންމެ ނިޔަފަތި ދިގު މީހާ ކަމަށް ފާހަގަކުރެވިފައިވަނީ، އައްނަބީލާ ކްރިސް ވޮލްޓަން އެވެ. އޭނާ އަށް ދުނިޔޭގެ ރެކޯޑާ ހަމައަށް ވާޞިލުވެވުނީ، ނިޔަފަތި ދިގުކުރަން ފެށިތާ 18 އަހަރު ފަހުންނެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ