• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މިހިރީއެ ހާލަކީއުޅޭ، ބީވެއްޖެޔޭ އަތުންމަގޭ

Posted by faradays on Friday, October 28, 2011 1 comment



މިއީ ދެހާސް ވަނަ އަހަރު ހިނގާފައިވަ ހަޤީޤީ ހާދިސާއެކެވެ.ބޭނުން ކުރެވިފައިވަނީ އަސްލު ނަންތަކެއް ނޫންކަމާއި އެކަން އެގޮތަށް ކުރަން ޖެހުނީ ދިރިއުޅުމުގައި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަމަކުން  ސަލާމަތް ވުމަށް ކަމަށްވެސް ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ބުނަމުން ވާހަކަޔާގެން ކުރިއަށް ދަމެވެ.

އެއްދުވަހަކު ފިހާރައިގައި އިންދާ ކުއްޖަކު ކަޓަރު ތިލައެއް ގަންނަން އައެވެ. އައިގޮތަށް އައިސް އެސްފިޔަވެސްޖަހާނުލާ އަހަރެންނާއި ދިމާލަށް މިކުއްޖާ ބަލަން ފަށައިފިއެވެ. އެހާވަރަށްވަލާތީ އަހަރެން ވަރަށް ލަދުވެސް ގަތެވެ. ކޮންމެއަކަސް މީނައަށް ކަޓަރު ތިލައެއް ދިއްކޮށްލާފައި ތިންރުފިޔާކަމަށް ބުނީމެވެ. ހަމަބުނުމާއެކު މިކުއްޖާ ދައްކަން ފެށީ އެހެންވާހަކައެކެވެ. 
އެކުއްޖާ: އަހަރެންނަށް ކިޔަނީ ފަލާހު، މަސައްކަތް ކުރަނީ ޖެހިގެން މިހިރަ އޮފީހުގައި
އަހަރެން: ކަޓަރު ތިލައަށްވަނީ ތިންރުފިޔާ
އެކުއްޖާ: އަހަރެންނަށް ތިކުއްޖާ ވަރަށްރީތި، އަހަރެން ވަރަށް ބޭނުން ވާހަކަ ދައްކަން
އަހަރެން: މިފިހާރަ ބޮޑުމީހާ އާސްދާނެ
އެކުއްޖާ: އަހަރެންނާއި ރައްޓެހިވާން ކެރޭނެތަ؟
އަހަރެން: އަހަރެން އެކައްޗެކޭވެސް ނުބުނެ ހަނު ހުރެއްޖައީމެވެ.
އެކުއްޖާ: ކޮންމެދުވަހަކު މިތަނަށް ގުޅާނަން، އަހަރެންނާއި ވާހަކަ ދައްކައްޗޭ، ދަނީ އިގޭ، ސީޔޫ

މިހެންބުނެފައި އެކުއްޖާ ހިގައްޖެއެވެ. އިރުކޮޅެއްފަހުން ފިހާރައަށް ފޯނުކޯލެއްއައެވެ. އަހަރެން ފޯނުނެގުމުން އެކޮޅުން ވާހަކަދެއްކީ އެއްކަލަ ލާނެތް ކުއްޖާއެވެ. އަހަރެން އައީ އަމަށަކު ރުޅިއެއްނޫނެވެ. އޭނައާއި ދިމާލަށް ކިޔުނު ނުކިޔު އެއްޗެއްވެސް ނޭގެއެވެ. ވަރަށް ގަދަޔަށް އެއްޗެހިކިޔާފައި އަހަރެން ފޯނުބޭއްވީއެވެ. އަހަރެން އެވަރަށް އެއްޗެހިކީ އިރުވެސް އެކުއްޖާ އެއްވެސް ރައްދެއްނުދެއެވެ. އޭނާ ކީހާވެސް އެއްޗަކީ ވަރަށް ގަޔާވޭ މިހެންނެވެ. މީގެ ފަހުންވެސް މިކުއްޖާ ކޮންމެދުވަހަކު އެއްގަޑިއެއްގައި ގަވާއިދުން ގުޅައެވެ. އަހަރެންގެ ކަމަކަށް އޮންނަނީ އޭނައާއި ދިމާލަށް އެއްޗެހި ގޮވާލުމެވެ. އޭނަބުނާގޮތުން އެއްޗެހިކިޔަންވެސް ފޯނު ނުބާއްވާ ހުންނާތީ އޭނަ ވަރަށް އުފާވެއެވެ. 

މިގޮތުން ގަވާއިދުން ފޯނުކުރާތާ ތިންމަސްފަހުން މިކުއްޖާ އަހަރެންނަށް ހެޕީބާތްޑޭ ކާޑެއްފޮނުވިއެވެ. އެދުވަހަކީ އަހަރެންގެ އުފަންދުވަހެއްވެސް ނޫނެވެ. ކާޑު ހުޅުވާލާފައި އޭގައިވާ ލިޔުން ކޮޅު ކިޔާލީމެވެ. އޭގައި އޭނަލިޔެފައި އޮންނަނީ "އަހަރެންނާއި ދިމާލަށް ކޮންމެދުވަހަކު ތިޔަބަވަނީ އަހަރެން ލޯބިވާ ވާހަކަ ބުނަން ގުޅާތީތާދޯއެވެ. ދެން އަހަރެން ލޯބިވާ ވާހަކަ ބުނާނީ އެންމެންގެ ތެރޭގައެވެ. އެންމެންނަށް އަޑުއިވޭ ވަރަށެވެ. ހައްވަ ލަދުގަތަސް ފަރުވާލެއްނެތެވެ. ސަބަބަކީ އަހަރެން މިވަނީ ޙަޤީޤީ ލޯބެވެ. 

ޖެހިގެން އައިދުވަހު އިރުއޮއްސުނުއިރު (ހަގަޑި ބައިގައި) ސްކޫލް ނިންމާފައި ގެއަށް އައި އިރު އެއްކަލަ ސޮރު އަހަރެން އުޅޭގޭގެ ދޮރުމަތީގައި ހުއްޓެވެ. އޭނާއިނީ އޭނަގެ ޝޮޕަރު ބައިސްކަލް މަތީގައެވެ. އަހަރެން އައިސް އޭނައާއި ހަމަވިތަނާ އޭނާ އަޑުގެ ކޮޅަށް ގޮވަންފެށިއެވެ. "އޭ! މިމަގުންހިގާފަދާ އެންމެންނޭ ހެކިވޭ! އަހަރެން އީޕީއެސް ސްކޫލު ޔުނީފޯމުގައި މިހިރަ ކުއްޖާދެކެ ވަރަށް ލޯބިވޭ، އޭނަ އަހަރެންގެ ލޯތްބައްދެނީ ބީރު ކަންފަތެއް. އެކަމަކުވެސް އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ" އަހަރެން ފަކީރު ލަދުންގޮސް ގަޔަށް ހީސް ނުލެވުނީ ކިރިޔާއެވެ. އަވަހައް ދުވެފައިގޮސް ގެޔަށް ވަދެއްޖައީމެވެ. ޖެހިގެން އައިދުވަހުވެސް އަހަރެން ސްކޫލުން ގެއަށް އައިއިރު އަމަލު ކުރިގޮތަށް މީނާ އަމަލުކޮއްފިއެވެ. ޖެހިގެން އައިދުވަހު އަހަރެން ސްކޫލު ނިންމާފައި ގެއަށް އައީ ރައްޓެއްސެއްގެ ބިޓާއި އެކުއެވެ. އަހަރެން ފިރިހެން ކުއްޖަކާއި އެކު އަންނަތަން ފެނިފައި އެކުއްޖާ ހިގައްޖެއެވެ. އޭގެ ފަހުން އެއްގޮތަކައްވެސް އެކުއްޖާގެ ހިލަމެއް ނުވެއެވެ. 

މިގޮތުގައި އެއްމަސް ފާއިތުވެ ހިގައްޖެއެވެ. ދުވަސްވާ ވަރަކަށް އަހަރެންގެ ހިތް އޭނައަށް ގޮވަން ފަށައިފިއެވެ. އޭނަގެ މަތިން ހަދާންވާވަރުން ނުނިދެއެވެ. އެދުވަސްވަރަކީ މޮބައިލް ފޯން އެހާ އާންމު ޒަމާނެއްނޫނެވެ. އެހެންކަމުން އޭނަ ހޯދުން އެއީވެސް އަހަރެން އަށް ވޭނަކަށް ވީކަމެކެވެ. ހިތްވަރުކޮއްފައި ގެކާރީގައި ހުންނަ ފޯނުބޫތަށްވަދެ އެކެއް އެކެއް ސުމަކަށް ގުޅާގެން އޭނަ އުޅޭ އޮފީހުގެ ނަމްބަރު ހޯދާގެން ގުޅާލާފީމެވެ. މާކަ އުދަގުލަކާއި ނުލާ އޭނައާއި ފޯނުން ބައްދަލު ވެއްޖެއެވެ. އަހަރެން ފޯނުން މާކަގިނަ ވާޙަކަ ދައްކަން ގަސްތުނުކޮށް، އޭނަ އަހަރެން އުޅޭގެޔަށް އެރޭ 10 ޖަހާއިރު އައުމަށް ދައުވަތު ދިނީމެވެ. 

ބަރާބަރު ގަޑިން ދިހަެއްޖެހިއިރު އެކުއްޖާ (ފަލާހު) އަހަރެންނާއި ބައްދަލު ކުރުމަށް އަހަރެން އުޅޭގެޔަށް އަތުވެއްޖެއެވެ. އަހަރެން އޭނައާއި ވާހަކަ ދައްކަން ގަސްތުކުރީ ގޭގެ ސިޑިމަތިންނެވެ. ސިޑި ހުންނަނީ ލޯބިވެރީންނަށް ކަމުދާވަރަށް އަދިރިކޮއްވެސްމެއެވެ. ދެންކޮންމެއަކަސް އޭނައައުމުން އެއްވެސް ވާހަކައެއް ނުދައްކާ ތިއީ އަހަރެންގެ ފަލާހުދޯއޭ ކިޔައި އޭނަގެ ގައިގައި ބާރަށް ބައްދާލީމެވެ. އަހަރެން އޭނަގެ ގައިގައި ބައްދާލައިގެންހުރެ އަހަރެން އަށް ދެރައެއް ނުދިނުމަށާއި، އަހަރެން އަބަދުވެސް އުފަލުގައި ބެހެއްޓުމަށް އެދުނީމެވެ. އަދި އަހަރެންގެ ފަލާހު މަތިން ހަދާންވާ ވަރާއި ލޯބިވާ ވަރު ބުނެދިނީމެވެ. ނަމަވެސް އަހަރެން ދެއްކި ވާހަކަތަކަށް ފަލާހު މާކަގިނަ ވާޙަކަތަކެއް ނުދައްކައެވެ. އަހަރެން އެކަމާއި ދެރަވެގެން ބުނީމެވެ. އަހަރެންގެ ޖާނާއި މާލު ފަލާހުއަށްޓަކައި ގުރުބާނެވެ. އަހަރެންގެ މިތުންފަތުން ދުވަހަކުވެސް މީހަކަށް އުފަލެއް ދީފައިނުވާނެއެވެ. އަހަރެންގެ މުޅިހަށިގަޑުން ފަލާހު ބޭނުން އުފަލެއް ލިބިގަންނާށެވެ. 

މިހެން ބުނުމުން މާނޭވާއެއްލާފައި ފަލާހު ބުންޏެވެ. "މިހާރު އެގާރަވެސް ޖެހީއެއްނުން. ފަލާ ދަނީ ގެއައްދާން" ފަލާހު ފޮނުވާލާކަށް އަހަރެންގެ ހިތެއްނޭދުނެވެ. އަހަރެން އުޅޭގޭގެ ދައްތަވެސް ނިދައިފިއެވެ. އަހަރެން ވަރަށް ސިއްރު ސިއްރުން ފަލާހު އަހަރެންގެ ކޮޓަރިއަށް ވައްދާފީމެވެ. ކޮޓަރިއައްވަދެފައިވެސް ފަލާހު ހުރީހަނުއެވެ. ނަމަވެސް އަހަރެން ފަލާހު އުފާކޮއްދޭން ބޭނުންވާތީ، އަހަރެން ކުރިން ބުނި ޖުމްލަ ތަކުރާރު ކޮއްފީމެވެ. "ފަލާ، ހުވާކޮއްފަ މިބުނީ އަހަރެން މިއީ ދުވަހަކުވެސް މީހަކު އަތްލާފައިހުރި ކުއްޖެއްނޫން، ފަލާ ބޭނުންކަމެއް ކުރުމަށް އަހަރެން މިހުރީ ރުހިގެންނެވެ. ބޭނުން ކަމެއްކުރާށެވެ. މިހެން ބުނެފައި އަހަރެން ފަލާހު ގައިގައި ބައްދާލީމެވެ. އެއާއި އެކު ފަލާވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ދެންހިގާދިޔަ ކަންތަށް ސެންސަރު ކުރުމަށްފަހު ދެންހިގާދިޔަ ކަންތަށް ކިޔާދޭނަމެވެ. 

ޖެހިގެންއައިދުވަހު އަހަރެން ހެދުނު ހޭލީ ވަރަށް އުފާވެރި މޫނަކާއިގެންނެވެ. ހެދުނު އަށެއްޖެހިއިރު ގުޑުމޯނިންގ ކިޔަންވެގެން އަހަރެން ފަލާހުގެ އޮފީހައް ގުޅާލީމެވެ. އަހަރެން ގުޑުމޯނިން ކިޔާލުމުން، ފަލާވެސް ގުޑްމޯނިންގ ކިޔާލިއެވެ. މާކަގަޔާވާ ގޮތަކަށް ނޫނެވެ. އަހަރެން ސުވާޅު ކުރީމެވެ. ފަލާ ހާދަފާޑަކަށް؟ ފަލާހު ޖަވާބުގައިބުނީ "ރޭގައި ކުރެވުނު ހުރިހާ ކަމަކަށް މާފަށް އެދެމެވެ. ހައްވަ އަހަރެންނާ ރައްޓެހިނުވުމުން އަހަރެން މިހާރު މިއުޅެނީ އަހަރެންދެކެ ލޯބިވާ ކުއްޖާއާއި ރައްޓެހިވެގެން، އޭނަގެ ލޯބި ބީވެގެން ދާކަށް އަހަރެންނޭދެން، ސޮރީ ހައްވާ، ބޭއްވީ" ފަލާހު ފޯނުބާއްވާފިއެވެ. އަހަރެންނަށް ވަރަށް ގަދަޔަށް ރޮވުނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ރޭގައި ހިގާދިޔަ ކަންތަކުގައި ފަލާހުގެ އެއްވެސް ކުށެއްނެތެވެ. އަހަރެން އޭނާ ވާހަކަ ދެއްކުމަށް ފުރުސަތުނުދީ، އެންމެ ފުރަތަމަވެސް އޭނަގައިގައި އޮޅުލާގަނެވުނީއެވެ. އަހަރެންބޭރުކުރީ ހަމައެކަނި އަހަރެންގެ ހިތުގެ އުދާހެވެ. ފަލާހުގެ މިހާރުގެ ހާލަތާއި އޭނަ ނުގުޅަނީ ކީއްވެތޯ ނުބެލުނީއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ފަލާހު އަހަރެން ބޭނުންކޮއްފިއެވެ. އެއީ އަހަރެންގެ ފުރަތަމަ ފަހަރެވެ. އަހަރެން އަބަދުވެސް ފަލާހުދެކެ ބިވާނަމެވެ. އެއީ އަހަރެންގެ ހިތުގެ ދިރުމެވެ.  

މިހާހިސާބަށް ވާހަކަ ކިޔާދީ ނިމުނުއިރު ހައްވަގެ ލޯވަނީ ކަރުނައިން ފޯވެފައެވެ. އަހަރެންގެ ދުއާ އަކީ ހައްވައަށް ހައްވަގެ ލޯބިވާ ފަލާހު ކޮންމެވެސް ދުވަހަކުން ލިބުމެވެ. އަދި މިވާހަކައިން ތިޔައެންމެހާ ކިޔުންތެރީން އިބުރަތެއް ލިބިގަތުމަށް އެދެމެވެ. ތިމާ ކިތައްމެ ލޯބިވިޔަސް ލޯބިވާމީހާ ހިތްހަމަޖައްސަން ތިމާގެ އަގުބޮޑު ހަށިގަޑު ހިބައިން ނުދޭށެވެ.

1 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments