• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ދުނިޔޭގެ އިންސާފް މިހާ ކެހިވެރިވަނީ އަންހެނުން ހަޔާތްކުޑަވެފަ ރަހުމެއް ނުހުއްނާތީއެވެ

Posted by faradays on Tuesday, October 25, 2011 No comments



ޝައިނާ އަކީ މާލޭގައި ދިރިއުޅޭ ލޯފަން ކުއްޖެއް. އޭނާ އަކީ ކުޑަ އިރުންސުރެ ފެށިގެން ލޯފަން ކުއްޖެވެ. އޭނާގެ ލޯބިވެރިޔާ ޝާއިން ފިޔަވައި އެކަކުވެސް އޭނާއަކަށް އަޅާނުލައެވެ. ޝައިނާގެ ލޮލުން ފެނޭތޯ ޝާއިން ވަރަށް ގިނަގުނަ މަސައްކަތް ކޮށްފައި ވެއެވެ. އެކަމައްޓަކާ ޝައިނާ އަބަދުވެސް ޝާއިން އަށް ޝުކުރު އަދާކޮށް، އެވާހަކަ ދައްކާ ހަދައެވެ. އެކަމަކު ޝާއިންގެ ޖަވާބު ވަރަށް ކުރުވެފަ ސާދާއެވެ. ޝާއިން ބުނަނީ ހުރިހާ ޝުކުރެއް ޙައްޤުވެގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އޭނާ ޝައިނާ އަށް އެހީތެރިވަނީ ލޯބިވާލެއް ބޮޑުކަމުން ކަމަށެވެ. ޝައިނާ އަށް ބޭސްފަރުވާ ކުރުމައްޓަކައި މި ސަރަޙައްދުގެ ވަރަށް ގިނަ ގަޢުމުތަކަށް ގޮސް ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކާ ހަދާފައިވެއެވެ. އެހެން ނަމަވެސް ޝައިނާގެ ލޮލަށް ފެނުމުގެ އެއްވެސް އުންމީދެއް ނެތެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހާއި ދިމާކޮށް، ޝާއިން ޝައިނާ ގޮވައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރެއެވެ. މިދުވަސްވަރަކީ ދެމީހުންވެސް ތައިލެންޑަށް ބޭސްފަރުވާއަށް އައިސްގެން އުޅޭ ދުވަސްވަރެކެވެ. ދުވަހަކީ، ޝައިނާގެ ލޮލުގެ ފަރުވާއަކަށް ތައިލެންޑްގެ ހޮސްޕިޓަލަކަށް ދައްކާފައި ގެއަށް އައި ދުވަހެކެވެ. ޝައިނާ އާއި ޝާއިން ކޮޓަރި ތެރޭގައި ތިއްބައި ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގީ ޝައިނާ އެވެ. އެއީ ބެންކޮކްގެ ވަރަށް މަޝްހޫރު ހޮސްޕިޓަލަކުން ގުޅި ފޯނުކޯލެކެވެ. ފޯނުކޮށްފައި ހޮސްޕިޓަލް އިން ބުނަނީ ޝައިނާގެ ލޮލުގެ ފެނުން ރަނގަޅު ކުރުމައްޓަކައި "ލޯ" ހަދިޔާ ކުރާނެ މީހަކު ހުރި ކަމަށާއި، ބޭނުމިއްޔާ އޮޕެރޭޝަން މާދަމާ ކުރެވިދާނެ ކަމަށް، އެހެން ބުނުމުން އެކަމާ ވަރަށް އުފަލުން ހުރެ ޝައިނާ އެއްބަސްވިއެވެ، އަދި ޝާއިން އާއި ޝައިނާ ވަރަށް މަޖާކޮށް ދެމީހުން ހީ މަޖާކުރިއެވެ. އަދި ދެމީހުންގެ ކައިވެނި ރޭވިއެވެ. ކައިވެނި ކުރާނެ ދުވަހަކާއި، ދަރިން ހޯދާނެ މިންވަރާއި، ހަނީމޫނަށް ދާނެތަން ވެސް ދެމީހުން ވަރަށް އުފަލުން ތިބެ ކަނޑައެޅިއެވެ.

ޖެހިގެން އައި ދުވަހު ޝައިނާގެ ލޯ އޮޕެރޭޝަން ކުރުމައްޓަކައި، އެޑްމިޓް ކުރިއެވެ. ޝާއިން ޝައިނާ އަށް ވަރަށް ހިތްވަރުދީ، ހިތްހަމަ ޖައްސަވައި ދެއްވޭތޯ މަސައްކަތް ކުރިއެވެ. އޮޕެރޭޝަން ކުރެވިއްޖެއެވެ. އެހެން ނަމަވެސް ޑޮކްޓަރ ވިދާޅުވީ ލޮލުގައި އަޅާފައިވާ ބޭސްގަނޑު ނަގާނީ ޖެހިގެން އަންނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު ބޭސްގަނޑު ނެގި އިރު ޝައިނާގެ ލޮލަށް ވަރަށް ފުރިހަމަ އަށް ފެނެއެވެ. އެހެންނަމަވެސް ޝައިނާ އެންމެ ދެކެން ބޭނުންވާ ލޯބިވެރިޔާ އޭނާގެ ކުރިމައްޗަކު ފެންނާކާށް ނެތެވެ. ޝާއިން ކޮބައިތޯ ޝައިނާ ސުވާލުކުރުމުން ޑޮކްޓަރ ވިދާޅުވީ ޝާއިން އަންނާނީ އެއްދުވަސްފަހުން ކަމަށެވެ.

ޖެހިގެން އައި ދުވަހު ޝާއިން ޝައިނާގެ ގާތަށް އަޔެވެ. ޝައިނާ ކުރިން ހީކުރި ގޮތާ މަންޒަރު މުޅިން ތަފާތެވެ. ނަސީބު ދެރަކަމުން ޝާއިން އަކީވެސް ލޯފަން ކުއްޖެކެވެ. ކުރިންވެސް ދެމީހުން ރާވާފައިވާ ގޮތަށް ޝައިނާގެ ގާތުގައި ކައިވެންޏަށް ޝާއިން އެދުނެވެ. ނަމަވެސް ޝައިނާ ވަގުތުން ކައިވެންޏަށް އިންކާރު ކުރިއެވެ. އަދި ޝާއިން އާއި ދިމާލަށް " ޝާއިން ކަހަލަ ލޯފަން މީހަކާއި ކައިވެނި ކޮށްގެން މުޅި ޙަޔާތް ބަރުބާދު ކޮށްލަންވީހޭ" ބުނެ ސުވާލު އުފެއްދިއެވެ.

ޝައިނާގެ ވާހަކަތަކަށް ޝާއިން ވަރަށް ދެރަވެފަ، ޝާއިނާގެ ނިންމުމަށް އިޚްތިރާމް ކުރާ ކަމަށް ބުނިއެވެ. އެހެން ނަމަވެސް ޝައިނާއާއި އެއްކޮށް މިހާތަނަށް ހޭދަކުރި ދުވަސްތަކަކީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަސްތަކެއް ކަމަށް ބުނިއެވެ. ކޮންމެއަކަސް ހަޤީޤަތް ގަބޫލުކޮށްފަ ޝާއިން ހޮސްޕިޓަލް ދޫކޮށްފަ ދާން ހިނގައިގެންފިއެވެ. އަދި ދަމުން ޝައިނާ އަށް ވަރަށް އަގުހުރި ނަޞޭޙަތެއް ދިނެވެ. " ޝައިނާގެ ދިރިއުޅުމާއި ދޭތެރޭގަ ރަނގަޅަށް ފަރުވާތެރި ވުމަށެވެ. އަދި ޝާއިންގެ ދެލޮލަށްވެސް ފަރުވާތެރި ވުމަށް ގިސްލަ ގިސްލާފަ ބުނެލިއެވެ." ....... ދުނިޔޭގެ އިންސާފު ހާދަހާ ކެހިވެރިއެވެ. ޝައިނާގެ ދެލޮލުން މިހާރު ފެންނަނީ ޝާއިންގެ "ދެލޯ" ހަދިޔާ ކުރުމުން ކަމެއް ޝައިނާއަށް ނޭގެނީ ހެއްޔެވެ، ނުވަތަ އެކަން އެނގިހުރެ ބޮޑާވެގަތީ ހެއްޔެވެ.....  

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments