• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އެންމެ އަގުބޮޑް ބުރާ

Posted by faradays on Monday, October 17, 2011 No comments

ނޮވެމްބަރ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިކްޓޯރިއާގެ ސިއްރު (Victoria’s Secret) ފެޝަންޝޯ އިން ފެނިގެންދާން އެންމެ އަގުބޮޑު އެކައްޗަކީ، ބްރާއެކެވެ. އޭގެ އަގަކީ، 2.5 މިލިއަން ޑޮލަރެވެ. އެ ބްރާ ދައްކާލުމަށް އިޚުތިޔާރުކުރެވިފައިވަނީ، އޮސްޓްރޭލިއާ (Australia) ގެ ސުޕަރ މޮޑެލެއް ކަމަށްވާ މިރެންޑާ (Miranda Kerr) އެވެ. އެ ބްރާ ދައްކާލުމާބެހޭ ގޮތުން ވާހަކަދައްކަމުން މިރެންޑާ ބުނެފައިވެ އެވެ.

"އެއީ ވަރަށް ރީތި، ފަންނީ މަސައްކަތެކެވެ. އެހައި ރީތި ބްރާއެއް ދައްކާލުމުގެ ފުރުޞަތު ލިބުނުކަމީ، ތިމަންނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. ... 2.5 މިލިއަން ޑޮލަރުގެ އަގުހުރި ބްރާއެއް ތިމަންނާގެ މޭމަތީގައި އެޅިދާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަމެވެ."

2.5 މިލިއަން ޑޮލަރުގެ އަގުހުރި ބްރާ ޒީނަތްތެރި ކުރުމަށްޓަކައި، ގާތްގަނޑަކަށް 3400 ޖަވާހިރު އޭގައި ޖަހާފައިވެ އެވެ. އެއީ އަލިމަހާއި، އިތާގެ މުތާއި، ރަނުން ހަދާފައިވާ ޖަވާހިރުތަކެކެވެ.

2.5 މިލިއަން ޑޮލަރުގެ އަގުހުރި ބްރާ ދައްކާލުމަށްޓަކައި މިރެންޑާ ސްޓޭޖަށް އަންނަނީ، 6 މަސް ދުވަހުގެ ޗުއްޓީއަކަށްފަހުގަ އެވެ. އެއީ އޭނާގެ ފިރިހެން ދަރިފުޅަށް މާބަނޑުވުމުން ނެގި ޗުއްޓީއެކެވެ. ސްޓޭޖްމަތީގައި ދައްކާލުމުގެ އިތުރުން، ފެޝަން ފޮތްތަކާއި މަޖައްލާތަކުގައި ވެސް، މިރެންޑާ، އެ ބްރާ އިޝްތިހާރުކުރާނެކަން ވަނީ ހާމަކުރެވިފަ އެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments