• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ގެރިއެކޭ!!! ގެރިއެކޭ!!! ބަލައިގެން ދާށޭ!!!

Posted by faradays on Monday, October 17, 2011 No comments


 
އަންހެނަކާއި ފިރިހެނަކު، އެއް މަގެއްގެ ދެފަރާތުން ދެކޮޅަށް ކާރު ދުއްވާފައިދިޔަ އެވެ. ފިރިހެން މީހާ އިން ކާރު، އަންހެން މީހާ އިން ކާރާ އަރާ ހަމަވުމުން، ކާރުގެ ކުޑަދޮރުން ބޭރަށް ބޯދީފައި، ފިރިހެން މީހާ ގޮވާލި އެވެ.

ގެރިއެކޭ!!! ގެރިއެކޭ!!! ބަލައިގެން ދާށޭ!!!

އަންހެން މީހާ ހީކުރީ، ފިރިހެން މީހާ އޭނާއާ ފޮށެނީ ކަމަށެވެ. މިހެން ހިތައި ހަމަ އެވަގުތު ފިރިހެން މީހާ އާ ދިމާއަށް ގޮވާލި އެވެ.

ޙިމާރެކޭ!!! ޙިމާރެކޭ!!! ބަލައިނުލައި ދާށޭ!!!

އަންހެން މީހާގެ މަޤުޞަދަކީ، ތިބާ، ތިމަންނާއަކީ ގެރިއެއް ކަމަށް ބުނާނަމަ ތިބާއަކީ ފައްކާ ޙިމާރެކެވެ! މި ބީދައިން ފިރިހެން މީހާއަށް އެއްވެސް ޖެހިލުމެއްނެތި ރައްދުދެވުނީތީ، އަންހެން މީހާ އެވަގުތު ނުހަނު އުފާވި އެވެ.

ދެން، އޭނާ ކާރު ދުއްވާފައިދިޔަ ހަލުއި ބާރުމިނުގައި ވައިސޫރިއެއްހެން ދިޔަ އެވެ. އެ ސްޕީޑްގައި، މަގު ދެކަފިވި ހިސާބަށް ގޮސް، އޭނާ ދާން ބޭނުންވި މަގަށް އެޅިއިރު، މަގުމަތީގައި ބަނޑުޖަހާލައިގެން ގެރިއެއް އޮތެވެ. އޭނާ ކާރު ދުއްވި ބާރުކަމުން މަޑުނުކުރެވި ގޮސް އެ ގެރީގައި ޖެހި އެކްސިޑެންޓްވެ، އެސޮރުގެ ހަތަރެސްފައި ބިންދައިގެން ދިޔަ އެވެ. ގެރިއަށް ވީ ހާނިކައިގެ ބޮޑުކަމުން އެސޮރު ބިންމައްޗަށް ދެމުނުއިރު، އަންހެން މީހާ އިން ކާރު ފުރޮޅާލައިގެން ގޮސް ވެއްޓުނީ، މަގުގެ އެއްފަރާތުގައި އޮތް އަޑިތަނަކަށެވެ.... ފިރިހެން މީހާ ބުނި އެއްޗެއް، އަންހެން މީހާ އަށް މޭރުންވީ މިހިސާބުންނެވެ.

ގެރިއެކޭ!!! ގެރިއެކޭ!!! ބަލައިގެން ދާށޭ!!!

ފިރިހެން މީހާ މިހެން ބުނީ، ފޮށުމުގެ މަގުސަދުގައި ނޫންކަމާއި، އޭނާއަށް ހެޔޮ އެދިގެން ކަން އަންހެން މީހާއަށް ވިސްނުނެވެ. އަދި ފިރިހެން މީހާއާ ދިމާއަށް ޙިމާރަށް ގޮވުނީތީ ހިތާމަކުރި އެވެ.
 

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments