ދަރިވަރުގެ ނަމަކީ، މުޙައްމަދު ވާއިލު (محمد وائل) އެވެ. ސްކޫލަކީ، މިޞްރުގެ ޕޯޓް ސައިޑްގެ (مدرسة الفرما الابتدائية) އެވެ. ޓީޗަރަކީ، މަޙޫމޫދު ޢައްބާސް (محمود عباس) އެވެ. އޭނާ ދަރިވަރުގެ ގައިގައި ތަނެއްދޮރެއް ނުބަލައި ތަޅާފައިވަނީ ދަނޑިބުރިއަކުންނެވެ. ޢަރަބި ގައުމުތަކުގެ ޓީޗަރުންނަކީ ދަރިވަރުންނަށް އަނިޔާކުރާ ބަޔެކެވެ. އެމީހުން ސްކޫލްތަކުގައި ދަރިވަރުން ނަމާދަށް ފޮނުވަނީ ވެސް އެއްތެޔޮ ގަނޑަކުން ދަރިވަރުންގެ ގައިގައި ތަޅައިގެންނެވެ. ގިނަ ޢަރަބި ޓީޗަރުން ދަރިވަރުން ގެންގުޅެން ބޭނުންވަނީ ވެސް ޖަނަވާރު ގެންގުޅޭ ފަދައިންނެވެ. ޢަރަބިއްޔާ ސްކޫލްގައި ކިޔަވާދޭ ބައެއް ޢަރަބި ޓީޗަރުން ވެސް ދަރިވަރުންނަށް އަނިޔާކުރަން އުޅެ އެވެ. ނަމަވެސް އެމީހުންނަށް އެކަން ނުކުރެވެނީ، ދިވެހިރާއްޖޭގެ ތަޢުލީމާބެހޭ ވުޒާރާއިން ހައްދަވާފައިވާ ހަރުދަނާ ގަވާއިދުތަކެއްގެ ސަބަބުންނެވެ. އަރަބިއްޔާ ސްކޫލްގައި ކިޔަވާދޭ މިޞްރު ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ވެސް އެމީހުން ހިތުހުރި ގޮތަކަށް ދަރިވަރުންގެ ގައިގައި ތެޅުމުގެ ފުރުޞަތު ދީފައި ނޯންނަ ކަމެވެ. ތިރީގައި މިވަނީ މުޙައްމަދު ވާއިލަށް ދީފައިވާ އަނިޔާތައް ފެންނަ ބައެއް ފޮޓޯތަކެވެ. |







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ