މިއަދު ކުޅުމަށް ހަމަޖެހިފައިވާ ބަޑިފެމެލީ ލިޔެސް ހޮލިޑޭ ކަޕްގެ ޗެމްޕިއަންކަން ވަރަށް ބޮޑް ތަފާތަކާއި ، ލަންދޫ ސިއްސުވާލާނެ މޮޅު ކުޅުމެއް ދެއްކުމަށް ފަހު ޕަަސަންޓް ސުޕޯރޓްސް ކުލަބުން ކާމިޔާބު ކުރާނެ ކަމަށް މިކަމަށް ޓަކައި ދުރާލާ މި މެޗުގެ ސުކޯ މުބާރާތް ފެށުނީންސުރެވެސް ބުނަމުން އަންނަ" ހާ" ދާދި ދެންމެއަކު ބުނެފިއެވެ.ހާލުގެ ހިމަ އަދި އަހާލަން އެހާ ފަސޭހަ އަޑުން ތަފްސިލް ކޮއްދެމުން ބުނެފައި ވަނީ މިއަދުގެ މެޗު ވަރަށް ހޫނު ވެގެން ދާނެ ކަމަށާއި އެހެން ނަމަވެސް ހުނަރު ވެރި ރެފްރީއާއި، ހިންގުންތެރި އެޗް.އޯ.ސީގެ ރައީސްގެ ސާބިތު މަސައްކަތުން މާބޮޑް ހަމަނުޖެހުމަކާއި ނުލައި މިމެޗު ނިންމަލެވޭނެ ކަމަށެވެ.އަދި ޕަސަންޓު ސްޕޯޓުސް ކުލަބު މިއަދުގެ މެޗުން މޮޅުވެގެން ދާނީ 03 ލަނޑު 01 ލަނޑުގެ ތަފާތަކުން ޗެލެންޖާސް ބަލި ކުރުމަށް ފަހުގައެވެ. މި މެޗުގެ ފުރަތަމަ ގޯލް ޕަސަންޓަށް ކާމިޔާބް ކޮއްދޭނީ މި މުބާރާތަށް ޕަސަންޓަށް ގެނެސްފައިވާ ބޭރުގެ ކުޅުންތެރިޔާ ޕަސަންޓުގެ ޖޯޖީ ނަމްބަރ 07 ހަބީ ކަމުގައެވެ. އަދި ދެވަނަ ގޯލް ޖަހާނީ ޖަރުމަނުގެ މަސްހޫރު ކުޅުންތެރިއެއްކަމުގައިވާ އިރުސާދު މަހަމޫދު ރެޑޭއެވެ. ހާލުގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް ކައުންސިލަރ އިތުރު މައުލޫމާތު ދިނުމަށް ހާ ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އަޅަމުން ދާތީ މިވަގުތަށް ސާމަރާލައިވުގެ ޓީމް ވަނީ މަސައްކަތް ހުއްޓާލާފައެވެ. އިތުރު ތަފްސީލް އަންނަނީ








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ